ދިރާގުން ޑިޖިޓަލް ޒަމާނުގައި ޖެންޑަރ އިންކްލޫސިވިޓީ އިތުރުކުރުމަށްވެފައިވާ ވައުދު އައުކޮށްފި

11 މާޗް 2023 - 9:45

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ދިރާގުން ފާހަގަކޮށްފައިވަނީ ޑިޖިޓަލް ޒަމާނެއްގައި ޖެންޑަރ އިންކްލޫސިވިޓީ އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. މިގޮތުން އެކުންފުނިން އިއްޔެ ވަނީ މި މައުލޫއާ ގުޅިގެން އެކި ދާއިރާތަކުގެ ލީޑަރުންނާއެކު ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ.

މި އިވެންޓްގެ ކީނޯޓް ސްޕީޗް ދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އޮނަރަބަލް ޢާއިޝަތު މުޙައްމަދު ދީދީއެވެ. އެކަމަނާގެ ވާހަކަފުޅުގައިވަނީ ޑިޖިޓަލް އަދި އެހެނިހެން ދާއިރާތަކުގައިވެސް އަންހެނުންގެ ބައިވެރިވުމާއި މިންތީގެ ހަމަހަމަކަން އަދި ޖެންޑަރ އިންކްލޫސިވިޓީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

advertisement

މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އޮނަރަބަލް އާމިނަތު ޝައުނާ، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު، ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް، ދިރާގުގެ ޑިރެކްޓަރ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިން، ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ-ފައުންޑަރ އައިޝާ އަދްނާން އަދި އައިލެންޑަރސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ، އަދްލީ ރަޝީދެވެ. މި ޕެނަލް މޮޑަރޭޓްކުރައްވާފައިވީ ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިން ރިލޭޝަންސް ޖައިޝާން ހަމީދެވެ.

މި ޕެނަލްގައި ވަނީ ޑިޖިޓަލް ސްޕޭސްގައި އުފެދިފައިވާ މިންތީގެ ފަރަގާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އިލްމީ، އިގްތިސާދީ، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުގެ ނަޒަރުން ބަލާ މިކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ޓެކްނޮލޮޖީއަކީ މިހާރު ޓެކްނިކަލް ރޯލުތަކަށް އެކަނި އޮތް އެއްޗެއް ނޫންކަމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީ އަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ގޮތާ ބެހޭ ގޮތުން ވެސް މި ޕެނަލް ޑިސްކަޝަންގައިވަނީ އަލިއަޅުވާލާފައެވެ.

ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އިސް ފަރާތްތަކުގެ އިތުރުން މަތީ ސާނަވީ މުއައްސަސާތަކާއި ޔުނިވަރސިޓީތަކުގެ ޒުވާނުންވެސް ވަނީ މި ޕެނަލް ދިސްކަޝަންގެ އޯޑިއަންސްގައި ގޮތުގައިބައިވެރިވެފައެވެ. ޖެންޑަރ އިންކްލޫސިވިޓީ ކަށަވަރުކުރުމަށާއި ހުރިހާ ފަރާތްތައްވެސް ހަމަހަމަވާ ގޮތަށް ސިސްޓަމް ފަރުމާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ އުފާވެރި ޚަބަރުވެސް ޕެނަލިސްޓުންވަނީ ދެއްވާފައެވެ.

މީގެ އިތުރުން ދިރާގު ހެޑް އޮފީހުގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މިއިވެންޓްގައި އެކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ވަނީ މުވައްޒަފުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންވަނީ ދިރާގުގެ ޖެންޑަރ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފައެވެ.

އެ ކުންފުނިން ވަނީ ދިރާގުގެ ހުރިހާ އަންހެން މުވައްޒަފުންނަށް އައު ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް ޢިލްމްލިބިފައިވާ ހުނަރުވެރި ސްޓާފުން ތައްޔާރުކުރުމަށެވެ. މިގޮތުން ހާވަރޑް، އައިބީއެމް އަދި ގޫގުލް އިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށާއި ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ ދިރާގުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އިވެންޓް ނިންމާލާފައިވަނީ އަންހެނުން އިސްނަގައިގެން ހިންގާ، ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަރކޮށްފައިވާ ހެނދުނުގެ ނާސްތާއަކުންނެވެ. މިބައި ކުރިއަށްގެންގޮސްފައިވަނީ ވިމެން އެންޓަރޕްރެނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.   އަންހެނުން ބާރުވެރި ކުރުވުމާއި ހާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަފި ކުދި ވިޔަފާރިތަކަށް އެއްބާރުލުންދިނުމަކީ ދިރާގުގެ ސީ.އެސް.އާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާއެކެވެ. 

ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0