މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 މާޗް 2023 - 21:20

ތިލަފުއްޓާއި ގުޅިފަޅު ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުއްދަ ނުނަގައި ކ. ތިލަފުއްޓާއި ގުޅިފަޅުގެ ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި

 ތިލަފުއްޓާއި ގުޅިފަޅު ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާނެގޮތުގެ އުސޫލެއް އެޗްޑީސީން އިއްޔެ ވަނީ ގެޒެޓުކޮށްފައި

advertisement

ބީއެމްއެލުން އިންޓަނެޓް ބޭންކިންއަށް ލޮގިން ވާން އިތުރު ނޮޓިފިކޭޝަން ފޮނުވަނީ

ބީއެމްއެލުން މިއަދު ބުނީ މިއަދުން ފެށިގެން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިނަށް ލޮގިންކުރުމަށް މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި އިތުރު ލޮގިން ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށް

މި ނޮޑިފިކޭޝަންގެ ބޭނުމަކީ އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުން 

ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ބުދަ ދުވަހު ހަމަވަނީ

މަތީ ތައުލީމް އުނގެނުމަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް އެދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހަމަވާނެ

މި ފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން ޖުމްލަ 720 ފުރުސަތު ހުޅުވާލާފައިވޭ

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި

އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު ޑިޒައިންތަކުގެ ތެރެއިން އެއްވަނައަށް ދިޔަ ‘އެންކްރިއާ ޕްރައިވެޓް ލިމިޓެޑް’އާ އެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން ވަނީ ބުރާސްފަތި ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައި

އައިޑީކާޑުގެ ޑިޒައިން ބަދަލު ކުރަން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 27 ގައި

ހުޅުމާލެ 2ފޭސް ގުޅޭ ސަރަހައްދުގައި ކެފޭހަދަން 6 ކުންފުންޏަކާއެކު ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިޤްތިޞާދީ މަންފާއަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާރބަން ބޮލަވާރޑް މަޝްރޫޢުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި 6 ކުންފުންޏަކާއެކު ހައުސިން ޑިވެލޮޕްލަމްޓް ކޯޕަރޭޝަން، އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފައި

ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް، ހުޒީބް ރަށަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ރިއެކްޝަންސް
0
0
0
0
0
0
0