ދިރާގާއި އެޗް ވަން ސްރީލަންކާއިން މައިކްރޮސޮފްޓް ސޮލިއުޝަންސް ރާއްޖެ މާރކެޓަށް
14 މާޗް 2023 - 9:29
ދިރާގާއި އެޗް ވަން ސްރީލަންކާއާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެނައުމަށް ނިންމައިފިއެވެ. އެޗް ވަން އަކީ ސްރީލަންކާގެ ލީޑިން ޓިއަރ 1 މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.
މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ޚިދުމަތްތައް މި ސަރަޙައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މޮޑަރން ވަރކް ކްލައުޑް، މޮޑަރން ވަރކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއަރ)، މޮޑަރން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނެއެވެ.
“ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީލަންކާއާ އެކު ޕާޓްނާޝިޕް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއެ. އަޅުގަނޑުމެންގެ އަމާޒަކީ މި ދެކުންފުނީގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން. މި ޕާރޓްނަރޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ޚިދުމަތް ފޯރުކޮށްދިނުމަށް،” ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މި ޕާރޓްނާޝިޕަކީ ރާއްޖޭގެ މާކެޓުގައި އަޅުގަނޑުމެންގެ ބައިވެރިވުން ފުޅާކުރުމުގައި އެޗް ވަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުމާއިއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،” ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު/ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވިއެވެ.
“ދިރާގާ އެކު ޕާރޓްނާވެ ޓެކްނޮލޮޖީ ސޮލިއުޝަންތައް ރާއްޖޭގެ މާކެޓަށް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އެޗް ވަންގެ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވިއެވެ. “ދިރާގުގެ މާކެޓް ރީޗް، ވަރުގަދަ ކަސްޓަމާރ އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީ ގެ ހިދުމަތްތަކާއެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.”
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކުރުމަށެވެ.