ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއު ކުރިއަށް: އެމްޓީސީސީ
14 މާޗް 2023 - 10:05
ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީީ)އިން މައުލޫމާތުދީފި އެވެ.
އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތާއި، ރެވެޓްމެންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަށްވެސް އެ ފަރާތުން ހާމަކުރި އެވެ.
Channel dredging and new harbor basin dredging work for Hdh. Kumundhoo Harbor Channel Project have been completed. Breakwater bed preparation and revetment profiling works are currently ongoing at the site.#MTCCProjects #RayyithungeKunfuni pic.twitter.com/lcVq9Z65eo— MTCC Plc (@MTCCPlc) March 13, 2023
މި މަޝްރޫޢުގެ ދަށުން، 9,346 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,954 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 242 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއަކީ 33.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.