މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
19 މާޗް 2023 - 22:13
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފި
އިނާމަށް ހުށަހެޅޭނީ، މިއަދުން ފެށިގެން 2023 އެޕްރީލް 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް
ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް އެސްޖޭ އަށް
މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމް. އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދް އިބްރާހީމް
މި މަޝްރޫޢު އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މި މަޝްރޫޢަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން
އެމްޕީއެލްގެ ކިޑްސް ކެއަރ ސެންޓަރު ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ޤާއިމުކުރި ކިޑްސް ކެއަރ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުވައިދެއްވައިފި
މް.ޕީ.އެލް.ގެ ކިޑްސް ކެއަރ ސެންޓަރު، ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރު ކުންފުނިތަކުން އިތުރަށް ފައިސާ ދެނީ
ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި ފައިސާ ދޭން ނިންމައިފި
ފައިސާގެ އިތުރުން މަސްދަޅު ކޭހާއި ކަދުރު ފަދަ ބައެއް ތަކެތި ވެސް ކުންފުނިތަކުން އަންނަނީ މުވައްޒަފުންނަށް ދެމުން
ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ތަމްރީނެއް ފުރިހަމަ ކޮށްގެން
މި އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރަން ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ތަމްރީނެއް ފުރިހަމަ ކޮށްގެން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި
މި އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރަން ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ތަމްރީނެއް ފުރިހަމަ ކޮށްގެން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި