މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ރަށް ރަށުގައި “ކްރިއޭޓިވް އައިލްސް” ގެ ނަމުގައި ކުރެހުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
25 މާޗް 2023 - 13:29
ރަށް ރަށުގައި ކުރެހުންތެރިން އުފައްދައި، ކުރަހަން ދަސްކޮށްދިނުމުގެ ނިޔަތުގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ(މެކް)އިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާރމެންޓް އާއި ގުޅިގެން ރަށް ރަށުގައި “ކްރިއޭޓިވް އައިލްސް” ގެ ނަމުގައި ކުރެހުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ފަށައިފި އެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ ބ.ދަރަވަންދޫގައެވެ. މި ހަރަކާތުގެ ދަށުން ކުރެހުމުގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ކުރެހުމެށް އެއްކޮށް ނިންމާލާނެ ގޮތާ ހިސާބަށް ކިޔަވަދޭ ކުރަހާ ކްލާސްތަކެއް ކުރިއަށް ގެންދެވިގެންދިޔައެވެ. މެކް އިން މައުލޫމާތު ދެއްވާގޮތުގައި، މި ކްލާސްތަށް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ، ޅަ އުމުރުގައި ކުދިން ކުރެހުމަށް ލޯބިޖެއްސުމުގެ އިތުރުން ކުދިންގެ ކްރިއޭޓިވިޓީ ބިނާކުރުމަށެވެ.
“ކްރިއޭޓިވް އައިލްސް”ގެ ދަށުން ކުރެހުމުގެ ކްލާސްތަށް ހިންގުމުގެ އިތުރުން މެ.ކް އިން ރަށްރަށުގެ ފާރު ތަކުގައި ރަށުގެ ރީތިކަން ދައްކުވާލަދޭ ހިއްގައިމު ކުރެހުން ތަށްވެސް ކުރެހުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން ބ.ދަރަވަންދޫގައި މެކްގެ ބޭފުޅުން ކުރަހައި ދީފައިވަނީ، ދަރަވަންދޫގެ ހިތްގައިމު ކަނޑުއަޑީގެ މަންޒަރެކެވެ.
2019 ވަނަ އަހަރު މެކް އިން ވަނީ ފަތުރުވެރިންގެ ޝައުގު ވެރިކަން ހޯދުމަށްޓަކައި ގިނަގުނަ ކުރެހުންތަކެއް ދ.ރިންބުދޫގެ ބޮޑު މަގުގައި ކުރަހާފައެވެ. ކައުންސިލުން ވިދާޅުވާގޮތުގައި މި ކުރެހުން ތަކަކީ އަދާހަމަޔަތްވެސް ފަތުރުވެރިންގެ ބޮޑު ސަމާލުކަން ލިބެމުންދާ ކުރެހުން ތަކެކެވެ.
Completion of wall mural in Baa.Dharavandhoo. Use Artivive App to experience interactive version. Grateful to @MoYSCEmv for the collaboration in the “Creative Isles” project.We thank B.Dharavandhoo council for their invaluable support in the project.@AhmedMahloof#CreativeIsles pic.twitter.com/d52AKYVKfg— MaldivianArtists-MAC (@Maldivian_Art) March 21, 2023
މެކް އިން މައުލޫމާތު ދެއްވާގޮތުގައި، މުޅި އަހަރަށް ބަހާލައިގެން މި އަހަރު، އެކި ރަށްރަށުގައި މި ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި އޭގެ އިތުރުން މެކް އިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވާރމެންޓް އާއި ގުޅިގެން މި އަހަރު މެއި މަހުގައި ‘ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް’ގެ ނަމުގައި ބޮޑު އިވެންޓެއް ކުރިޔަތް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.