މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 މާޗް 2023 - 19:30

މޯލްޑިވިއަނުން ކޮޗިން އާއި ޓްރިވެންޑްރަމް ޓިކެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

މޯލްޑިވިއަނުން ކޮޗިން އާއި ޓްރިވެންޑްރަމްގެ ޓިކެޓުން ޑިސްކައުންޓް ލިބޭ ފެއަރއެއް ފަށައިފިއެވެ. މި ފެއަރގެ ދަށުން ކޮޗިން އާއި ޓްރިވެންޑްރަމްގެ ޓިކެޓުން %50 އަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެ

މިމަހުގެ ނިޔަލަށް ފެއަރ ކުރިއަށްދާނެ ކަމަށް މޯލްޑިވިއަނުން ބުނޭ

advertisement

ކުޑަގިރި ޕިކްނިކް އައިލެންޑްގައި ރޯދަމަހަށް ޚާއްސަ ޕެކޭޖްތަކެއް

އާދިއްތަ ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކުވެސް ކުޑަގިރިން އާއްމުކޮށް ހުޅުވާލާ ޚިދުމަތް ދޭނެ

އެގޮތުން ހަފްތާ ބަންދުގައި މެންދުރު 02:15 އިން ފެށިގެން ރޭގަނޑު 08:00 އާއި ދެމެދު، 5 ފެރީ ދަތުރު މާލެއިން ކުޑަގިރިއަށް ބާއްވާނެ

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަނުގެ މަޢުލޫމާތު ޢާންމުކުރަނީ

ޤަވާއިދާ ޚިލާފަށް ބައެއް ތަންތަނުގައި ކާބޯތަކެތީގެ ޚިދުމަތް ދެމުންދާކަމަށާއި، އެފަދަ ތަންތަނުގެ މަޢުލޫމާތު ޢާންމުކުރާނެކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ދެއްވައިފި

ރަމަޟާން މަހާއި ދިމާކޮށް ކެއިންބުއިމުގެ ޚިދުމަތްދެމުންދާ ތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކޮށް އެތަންތަނުން ޤަވާއިދުތަކަށް ޢަމަލުކުރަމުންދާ މިންވަރު އެޗްޕީއޭއިން ދަނީ ބަލަމުން

އެމެކްސް ކާޑުން ކުރާ މުޢާމަލާތްތަކުގެ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި މިޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ

ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުޢާމަލާތްތަކުގެ އަދަދު އަނބުރާ ލިބޭނެކަމަށްވެސް ބީއެމްއެލްއިން ވިދާޅުވި

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ ބްރިޖު ފައުންޑޭޝަންގެ މަސައްކަތް ފަށައިފި

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ބުރިޖު ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް

ޖުމުލަ 79.4 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު

ރިއެކްޝަންސް
0
0
0
0
0
0
0