މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

27 މާޗް 2023 - 13:08

މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބާއްވާ އިންތިޚާބުގައި ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހޯމް މިނިސްޓްރީ އިން  އަންގައިފިއެވެ. 

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ މީޑިއާ ކައުންސިލްއަށް, ތިން މެމްބަރަކު ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއީ މީޑިއާ ތަންފީޒުކުރާ އެއް މެމްބަރަކާއި އާންމު ދެ މެމްބަރުންނެވެ. މި ތިންމެމްބަރުން ހުވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމަށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ. 

advertisement

ރަޖިސްޓްރީވުމަށް ހުށައަޅަންޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ  2023 މާރިޗް 27,28,29,30 އަދި އޭޕްރިލް 2 މިދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަން އިންނެވެ. 

 

 

ރިއެކްޝަންސް
0
0
0
0
0
0
0