މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

27 މާޗް 2023 - 19:40

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ އިސްލާހު ހުށަހަޅައިފި

މި އިސްލާހު މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު

މި ބިލު ހުށަހެޅުމުގެ މަޤުޞަދަކީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށް ދިނުން

advertisement

ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް ބަޔަކު އައްޔަންކޮށްފި

މަޤާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްޢުސްތާޛާ މާރިޔާ އަހުމަދު ދީދީ

ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވާ

ސްޓެމް އެޑިޔުކޭޝަން ޓްރެއިނިންއަށް 84 ލެޕްޓޮޕް ފޯރުކޮށްދިނުމަށް ނޮވެލްޓީއަށް

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕަމަންޓް ޕްރޮޖެކްޓްގެ ދަށުން ސްޓެމް އެޑިއުކޭޝަން ޓްރެއިނިންއަށް 84 ލެޕްޓޮޕް ފޯރުކޮށްދިނުމަށް ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފި

މީގެ އިތުރުން މިއަދު ވަނީ ސްޓެމް އެޑިޔުކޭޝަން ޓްރެއިނިންއަށް މައިކްރޯ އެމިއުލޭޓަރސް ފޯރުކޮށްދިނުމަށް ޔުނިސިޓީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައި

ކުދި ވިޔަފާރިތަކަށް ކުރިއެރުވުމަށް އުފެއްދި ބެންކުން މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށް އެ ބޭންކުން ބުނެފި

އެސްޑީއެފްސީން މައުލޫމާތުދޭ ގޮތުގައި އެ ބޭންކުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ފަށައިގަންނަ ވިޔަފާރިތަކަށް

އއ. އަތޮޅު ހޮސްޕިޓަލް މަޝްރޫއު ބީލަމަށް ހުޅުވާލަން ތައްޔާރުވަނީ

އއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫއު ވަނީ ޓެންޑާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ

އަމީރު ވިދާޅުވީ، އެ ފަންޑާއެކު ކުރަމުންދާ މަޝްވަރާތައް ނިމި، ލޯނު ހަމަޖެހުމުން އެ މަޝްރޫއު ޓެންޑާ ކުރުމަށްފަހު ޓެންޑާ ކާމިޔާބުކުރާ ފަރާތާ އެ މަޝްރޫއު ހަވާލުކުރާނެ ކަމަށް

ރިއެކްޝަންސް
0
0
0
0
0
0
0