ބޭނުންނުކުރެވޭ ތަކެތިވެސް އެއްލާނުލާ, ގިނަ މުދާ ބައްކޮށްގެން އުޅުން — މިއީވެސް ބައްޔެއް
30 މާޗް 2023 - 14:18
ހޯރޑިންގ އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ބައްޔެކެވެ. އޭގެ ތެރޭގައި ބޭކާރު ނުވަތަ ބޭކާރު ކަމަށް ހީވާ ތަކެތި ވެސް ގިނައިން ޖަމާކުރުން ހިމެނެއެވެ. ހޯރޑިންގ ޑިސްއޯޑަރ ހުންނަ މީހުންނަށް އެމީހުންގެ މުދާ އުކާލަން ނުވަތަ ވަކިކުރަން އުނދަގޫވެ، ބޭނުންވާ ބޭނުންތަކަށް ކޮޓަރި ތައް ބޭނުންނުކުރެވޭ ގޮތް ވެއެވެ.
ހޯރޑިންގ ޑިސްއޯޑަރ ދިމާވާ ސީދާ ސަބަބުތައް ފުރިހަމައަށް ދެނެގަނެވިފައި ނުވި ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ޖެނެޓިކްސް، ބްރެއިން ކެމިސްޓްރީ އަދި ދިރިއުޅުމުގެ ތަޖުރިބާތަކާ ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން ހޯޑިން ޑިސްއޯޑާއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) ފަދަ ނަފްސާނީ އެހެން ބަލިތައް ވެސް ގިނަ ފަހަރަށް ދިމާވާ ބައްޔެކެވެ.
ހޯރޑިންގ ޑިސްއޯޑާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- މިހާރު ބޭނުންތެރި ނުވަތަ އަގުހުރި ނޫން ތަކެތި މާގިނައިން ޖަމާވުން
- ސާފުކޮށް ކުނި ނުވަތަ ބޭނުން ނުކުރެވޭ ތަކެތި ވެސް އުކާލަން އުނދަގޫވުން
- އެއްޗެހި އުކާލަން މަސައްކަތް ކުރާއިރު ހާސްވުން ނުވަތަ ކަންބޮޑުވުން
- އެމީހުން ބޭނުންވާ ބޭނުންތަކަށް ކޮޓަރި ތައް ބޭނުން ނުކުރެވުން
ހޯރޑިންގ ޑިސްއޯޑާއަކީ ގިނަފަހަރަށް ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ދާއިމީ ބައްޔެކެވެ. ފަރުވާގެ އަމާޒަކީ ހަލަބޮލިކަން ކުޑަކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ހިތްދަތިކަން ކުޑަކުރުމެވެ. ހޯރޑިންގ ޑިސްއޯޑާއަށް އެންމެ އެކަށީގެންވާ ފަރުވާއަކީ ކޮގްނިޓިވް-ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) އެވެ.
ހޯރޑިންގ ޑިސްއޯޑާއަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެއެވެ.