މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
2 އެޕްރީލް 2023 - 15:38
ނައިބު ރައީސް އަރިހަށް ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ ޒިޔާރަތެއް ކުރައްވައިފި
The Vice Chairman of CIDCA pays a courtesy call on the Vice President https://t.co/WS0MRxsAJi— The President's Office (@presidencymv) April 2, 2023
- މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދެއްކެވި
- ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރެއްވި
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުވާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ: އެމްޓީސީސީ
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަސައްކަތުގެ %51 މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މަގުބައްތި ހަރުކުރުމުގެ %89 މިހާރު ވަނީ ނިމިފައެވެ. އަދި، ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ %40 ނިމިފައެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/sV3HzOEjBm
— MTCC Plc (@MTCCPlc) April 2, 2023
- ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަސައްކަތުގެ 51 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި
- މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ މިހާރު ވަނީ ނިމިފަ
- ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ 40 އިންސައްތަ ނިމިފަ
- މި މަޝްރޫޢަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެއް
މާލެ ކައުންސިލުން ހުސްކުރި ގުދަނަކީ ޔޫތް މިނިސްޓްރީއަށް ދޫކޮށްފައިހުރި ތަނެއް
މާލޭ ސިޓީ ކައުންސިލުން މި މިނިސްޓްރީގެ ބިމަކަށް ހުއްދަނެތި ވަދެ، ގުނަދުގެ ތަޅު ހަލާކުކޮށް، ޤާނޫނީ އިމުން ބޭރުން މި މިނިސްޓްރީގެ މުދަލަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ނެރޭ ނޫސް ބަޔާން pic.twitter.com/4ujif6e2tm— Ministry of Youth,Sports and Community Empowerment (@MoYSCEmv) April 2, 2023
- މާލެ ސިޓީ ކައުންސިލުގެ ބިމެއް ކަމަށް ދައުވާކޮށް އެތަނުގައި ހުރި ގުދަން ހުސްކުރުމުން ޔޫތް މިނިސްޓްރީން މައްސަލަޖައްސައިފި
- ޔޫތް މިނިސްޓްރީން އާއްމުކުރި ލިޔެކިޔުންތަކުން އިނގެނީ އެއީ ހައުސިން މިނިސްޓްރީން ޔޫތް މިނިސްޓްރީގެ ބޭނުމަށް ދޫކޮށްފައިހުރި ތަނެއްކަން
ރޯދަ ހަދިޔާދޭނެ ކަމަށްބުނެ ސްކޭމް ހިންގަނީ
#ScamAlert: Fraudulent links are being circulated promising Ramadan gifts in the name of various companies. Beware and do not fall prey to these scams. Report any suspicious links to @policemv immediately. Stay safe and protect your personal information. pic.twitter.com/z2Bn9U4O9u— Maldives Police (@PoliceMv) April 1, 2023
- ރޯދަ ހަދިޔާދޭނެ ކަމަށްބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމް ހިންގަމުން އަންނާތީ ސަމާލުވުމަށް ފުލުހުން އަންގައިފި
- އެ މެސެޖުތަކުގައިވާ ލިންކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސްކުރި
ކައިޒީންއަށް ޕްރައިވެޓް ސެކިއުރިޓީއެއް ނުދޭކަމަށް ފުލުހުން ބުނެފި
Kaizeen ah kon thanakun mi varu ge security eh libunee. pic.twitter.com/OlPoF7Hhcl— Phax!e (@phaxIe80) March 29, 2023
- ފުލުހުން ބުނީ މޮޑެލް ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގައި އޭނާއަށް ޕްރައިވެޓް ސެކިއުރިޓީ ދީފައިނުވާނެ ކަމަށް
- ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ ހަވާއެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފަވާތީ ކަމަށްވެސް ބުނި