މުޒާހަރާ ކަށަވަރުކުރަން އުޅުނު އަންހެން ނޫސްވެރިއެއްގެ މޭމަތީގައި ފުލުހަކު އަތްލިކަމަށް ބުނާ މައްސަލައެއް
3 އެޕްރީލް 2023 - 12:51
މަރޗް 2023 ވަނަ ދުވަހުގެ ރޭ، އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާއެއް ކަވަރު ކުރަމުންދިޔަ’ “ހުވަދޫ އޮންލައިން” ގެ އަންހުން30 ނޫސްވެރިއެއް ކަމަށްވާ ފާތިމަތު ތައުފީގްގެ މޭމަތީގައި ފިރިހެން ފުލުސް އޮފިސަރަކު އަތްލިކަމަށް ބުނާ މައްސަލަ ވަނީ އެމްޖޭގެ ސަމާލުކަމަށް އައިސްފައެވެ.
މި މައްސަލަ ސަމާލުކަމަށް އައުމާއެކު ވިމަންސް ކައުންސިލުން އެއްވެ އެ ހާދިސާއާ ގުޅޭ މައުލޫމާތު އެއްކޮށް ބެލިއިރު އެކަމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ވަނީ ފާހަގަވެފައެވެ. އަދި މިކަން ފާޅުގައި ކުށްވެރި ކުރުމަށް އިއްތިފާގުވެވުނެވެ.
📢 30 މާޗް 2023 ވަނަ ދުވަހުގެ ރޭ، އިދިކޮޅުން ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހާރާއެއް ކަވަރު ކުރަމުންދިޔަ، @huvadhoomedia ގެ އަންހެން ނޫސްވެރިއެއް ކަމަށްވާ ފާތިމަތު ތައުފީގްގެ މޭމަތީގައި ފިރިހެން ފުލުސް އޮފިސަރަކު އަތްލި ކަމަށް ބުނާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުން pic.twitter.com/1JPfziH9p0— Maldives Journalists Association (@mjamaldives) April 1, 2023
އަނިޔާ ލިބުނު ނޫސްވެރިޔާ ވިމަންސް ކައުންސިލަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގައިދިޔަ ވަގުތަކީ ފުލުހުންގެ އަންހެން އޮފިސަރުންވެސް އެތަނުގައި ހާޒިރުވެތިބި ވަގުތެކެވެ. އަދި މި ކައުންސިލުން ގަބޫލުކުރާ ގޮތުގައި އަންހެން ނޫސްވެރިއެއްގެ ގައިގައި ފިރިހެން އޮފިސަރަކު އަތްލުމަކީ އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ކަމެއް ނޫނެވެ. އަދި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންވެސް އެ އަދާކުރަނީ އެ މީހުންގެ ޒިންމާކަން ފުލުހުންވެސް ގަބޫލުކޮށް އެމީހިންގެ މަސައްކަތަށް ފަހި މާހައުލެއް ތަަނަވަސްކޮށްދިނުމަށް ދިވެހި ފުލުހުންނަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.
@PoliceMv officer Nasif (5313) here touched my breast while I was covering tonight protest. Not once but twice. Im a Broadcom registered journalist of @NewsHuvadhoo
I call upon @NIC_Maldives @PoliceMv @M_Hameedh @broadcomMV @hrcmv to investigate this ill act & take action. 😡 pic.twitter.com/uYwPQznBe7— kudii 🇲🇻 (@kudiiiiiiii) March 30, 2023
މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސް އެޅުމާއި މުޒާހަރާތައް ރޫޅާލުމުގައި ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލު ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންގެ ފަރާތުން ނެޝުނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅައެގެން އެފަދަ މައްސަލަތައް އަވަސް ގޮތެއްގައި ބަލައި މިފަދަ ކަންކަމުގެ ހަގީގަތް ހާމަކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަަޅު އެޅުމަށް ވެސް ގޮވާލަމެވެ.