މިފްކޯ ގެ އާ ބޯޓު “ޖަޒީރާ 103 ” ރާއްޖެ އައިސްފި

6 އެޕްރީލް 2023 - 13:31

މިފްކޯގެ އާ ބޯޓު ޖަޒީރާ 103 ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހިއިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ގާތްކޮށްފިއެވެ. އަދި މިހާރު ބޯޓުގެ ކުރޫ ބަދަލު ކުރުމާއި، ކަސްޓަމްސް ކްލިއަރެންސް ހޯދައި ލޯކަލައިޒް ކުރުމުގެ މަސަ އްކަތް ވަނީ ފެށިފައެވެ. 

ބޯޓް ކޮރެއާއިން ރާއްޖެ އައުމަށް ފުރާ ފައިވަނީ ހަމަޖެހިފައިވަނީ މާޗު 18 ވަނަ ދުވަހުއެވެ. މި ބޯޓަ ކީ މިފްކޯ ގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވޭ މަސަ އްކަތުގެ ތެރެއިން ގަން ނަ 4 ބޯޓުގެ ތެރެއިން ރާއްޖެ ގެނެވުނު ފުރަތަމަ ބޯޓެވެ . ޖަޒީރާ 103 އަކީ ފަސޭހަ ކަމާއެކު ބޯޓްގެ ދެފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެ ކެވެ.

advertisement

 ” ޖަޒީރާ 103 އަކީ ފަސޭހަ ކަމާ އެ ކު މަސްކިރުމުގެ ވަސީ ލަ ތް ތަ އް ޤާއިމް ކޮ ށްފައިވާ ބޯޓަކަށް ވުމު ން ، މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާ ނާ ސަރަހައްދަކަށް ދަތުރު ކޮށް މަސް ވެރިން ބާނާ މަސް ކިރުމަށް އިތުރު ލުއިސޭ ހަ ތަކެއް ލިބިގެން ދާނެ ،” މިފްކޯގެ ސީ އީއޯ އިސްމާއީ ލް ފައު ޒީ ވިދާޅުވި އެވެ. މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓް މިހާރުވަނީ ގަނެ ރަޖިސްޓްރީކޮށް ނިންމައި ތައިލޭޑް ގައި ޑޮކުކޮށް ، އޮޕަރޭޝަން ފެށުމުގެ ކުރިން މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައެވެ. މިބޯޓްތައް ނިމި ރާއްޖެގެނެވުމާއެކު ކޮންމެ ބޯޓަކަށް ދުވާލަކު 60 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެވެ. 

މީގެކުރިން 2021 ވަނަ އަހަރުވެސް މިފްކޯއިން ވަނީ 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120 ޓަން ފްރީޒްކުރެވޭ ވެސެލްއަކާއި މަސް އެކްސްޕޯޓުކުރުމަށްޓަކައި 400،2 ޓަނުގެ ކެރިއަރ ވެސެލްއެއް ހޯދާފައެވެ. 

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައިވާތީ މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މިކުންފުނިން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އި ތުރު މަސްގަންނަ ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0