ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމުގެ އެއްބަސްވުން އައުކޮށްފި

6 އެޕްރީލް 2023 - 14:00

އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންނެވެ.

–       މއެސްޓީއޯއާއި އެމްއޭސީއެލް އާއި ދެމެދު މިއަދުވަނީ 2024 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުން އައުކުރެވިފައެވެ.

advertisement

–       އެސްޓީއޯގެ ފަރާތުން  އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު އެވެ. އަދި ، އެމްއޭސީއެލްގެ ފަރާތުން  އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޙުޖޫބު ޝުޖާޢުއެވެ.

–       އައު އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް އެއްބަސްވެފައިވާ އަދަދުތައް:

  • އޭވިއޭޝަން ފިއުލް: 1.5 މިލިއަން ފީފާ
  • ގޭސްއޮއިލް 80،000 ފީފާ

–       އެސްޓީއޯއިން އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0