މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

6 އެޕްރީލް 2023 - 15:33

ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ މަޤާމުން ވަކިކުރުމުގެ ބާރު އޮންނާނެކަމަށް މިއުވާން ބުނެފި

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ހުރި އެއްވެސް މީހަކަށް ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާނެކަމަށް
  • ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުމަކީ އެބޭފުޅުންގެ ޒިންމާއެއް

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމައި ޖައިކާއާއެކު ސޮއިކޮށްފި

  • ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އާމިނަތު ޝައުނާ
  • މިއީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށްހިންގާ މަޝްރޫއެއް

ރާއްޖެއަށް އެގްރިކަލްޗަރ މިނިސްޓްރީން 5000 ރުއް ގެނެސްފި

  • 5000 ރުއް މިނިސްޓްރީން ރާއްޖެއަށް ގެނެސްފައިވަނީ، ރާއްޖޭގައި ރުއްތަކަށް ޖެހޭ ބައްޔެއްގެ ސަބަބުން، ކާއްޓައި ކުރުނބާ ލިބުން ދަތިވާތީ އެކަމަށް ހައްލެއް ގެނައުމަށް
  • ރާއްޖޭގެ ރުއްގަހަށް ޖެހޭ ބައްޔެއްކަމަށްވާ ސޫޓީމޯޅްޑް ހުރިކަމަށް ވާނަމަ، އަލަށް ގެނައު ރުއްތަކަށް އެ ބަލި ނުޖެހޭނެހެން ޢަމަލުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފަ

މިފްކޯގެ އައު ބޯޓާއެކު އިތުރު 120 ޓަނު ދުވާލެއްގެ މައްޗަށް ކިރުވޭނެ

  • މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެނައި ބޯޓާއެކު ދުވާލެއްގެ މައްޗަށް އިތުރު 120 ޓަނުގެ މަސް ކިރުވޭނެކަމަށް މިފްކޯގެ ސީއީއޯ ވިދާޅުވެއްޖެ
  • މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިހާރު ވަނީ ރާއްޖެ އައިސްފަ

ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕާރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން

  • މިމަޝްރޫއުގެ ދަށުން، މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފަ 
  • ރޫފިންގ އާއި ޕްލާސަޓަރިންގ މަސައްކަތް މިހާރު ވަނީ ނިމި، ސައިޓުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތް

ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕާރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން

  • މިމަޝްރޫއުގެ ދަށުން، މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފަ 
  • ރޫފިންގ އާއި ޕްލާސަޓަރިންގ މަސައްކަތް މިހާރު ވަނީ ނިމި، ސައިޓުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތް
ރިއެކްޝަންސް
0
0
0
0
0
0
0