މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
8 އެޕްރީލް 2023 - 16:11
މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު ބޭނުންކުރަން ފަށަނީ
We are delighted to inform you that our new aircraft ATR42 will enter into Commercial service today ( 08.04.2023) .
This aircraft will take off from Velana International Airport at 1200 hrs with 26 passengers to Kahdhoo Airport. pic.twitter.com/K0NMuMP5y9— MaldivianAero (@MaldivianAero) April 7, 2023
- މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފި
- މި ބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު
ކުނި ވަކިކޮށްގެން އުފުލުމަށް ވެމްކޯއަށް އިތުރު ވެހިކަލް ގެންނަނީ
- ގޭބިސީތަކުން ވަކިކޮށްގެން ނަގާ ކުނި އުފުލާނީ ވަކި އުޅަނދުތަކެއްގައިކަމަށް ވެމްކޯއިން ބުނެފި
- އަދި މިއަހަރުގެ ފުރަތަމަ ކުއަރޓާ ނިމިގެންދާއިރު ކުނި ނެގުމުގެ ޚިދުމަތުން ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެކަމަށާވެސް ވެމްކޯއިން ބުނެފި
ކަނޑުގެ ދިރާސާތައް ހުއްދަނެތި ކުރިއަށްގެންދަނީ
- ކަނޑާއި ގުޅުންހުރި އެއްވެސް ދިރާސާއެއް ހުއްދަ ނުލިބެނީސް ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ބުނެފި
- މިހެން ވިދާޅުވީ އެ މިނިސްޓްރީން ހުއްދަ ނުދެނީސް ކަނޑާއި ދިރާސާތައް ބައެއް ފަރާތްތަކުން ކުރިއަށްގެންދާތީ އެކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގަ
ބަލި ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ކުރަންޖެހޭ: ރައީސް
- ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާބުނެފި
- ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން
- މިމަޝްރޫޢުގެ ދަށުން، މަސައްކަތުގެ 64 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި
- އަދި ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް ހިމާރު ވަނީ ނިމި، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 54 އިންސައްތަ ފުރިހަމަކުރެވިފައި
ރިއެކްޝަންސް