އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތް އާއިއެކު އެސްޓީއޯއިން އެއްބަސްވުން
10 އެޕްރީލް 2023 - 10:14
ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތް އާއިއެކު އެސްޓީއޯއިން ވަނީ އާދީއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލް އަހުމަދު އާދިލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަބްދުﷲ ސައީދު އެވެ.
އެއްބަސްވުމުގެދަށުން ގެނެވޭ 20 އެމްބިއުލާންސް، 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެނެވި، މިނިސްޓްރީ އާއި ހަވާލު ކުރެވޭނެއެވެ.
އެސްޓިއޯ އިން މީގެ ކުރިންވެސް ވަނީ މިނިސްޓްރީގެ އެދިލެއްވުމަށް، ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އޭޕްރީލް 2022 އާއި ހަމައަށް ފޯރުކޮށް ދީފައެވެ.
ރިއެކްޝަންސް