މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

10 އެޕްރީލް 2023 - 14:22

ރައީސުލްޖުމްހޫރިއްޔާ ސިފައިންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެއްޖެ

  • ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެއްޖެ 
  • ކޮންމެ ރަމަޟާން މަހެއްގައި ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ސިފައިންނާއެކު ރޯދަވީއްލުމުގައި ބައިވެރިވޭ

ނ. އަތޮޅު ތަޢުލީމި މަރުކަޒުގެ އައު ކްލާސްރޫމް ޢިމާރާތް ނިންމުމަށް ނެކްސްޓާ މޯލްޑިވްސްއަށް

  • ނ. އަތޮޅު ތަޢުލީމި މަރުކަޒުގެ އައު ކްލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި
  • ނެކްސްޓާ މޯލްޑިވްސްއާއި މި 4 ކްލާސްރޫމު ހިމެނޭ ޢިމާރާތުގެ  މަސައްކަތް ޙަވާލުކޮށްފައިވަނީ 4.5 މިލިއަން ރުފިޔާއަށް

ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަދު ފަށާނެ: މިނިސްޓަރ

  • ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަދު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ބުނެފި
  • އަދި އެ ސްކޫލް ޝެޑިއުލާ އެއްގޮތަށް މަޝްރޫޢު ކުރިއަށްދާނަމަ އަންނަ އަހަރުގެ ދިރާސީ އަހަރަށް އެ ސްކޫލްގައި ކިޔަވައިދޭން ފެށޭނެކަމަށްވެސް މިނިސްޓަރ ބުނި

ހ ދ . ހަ ނިމާދ ބަނދަރު ތަރައްޤީކުރުމުގެ މަޝްރ ޢު ގެ މަސައްކަތް ނިމިއްޖެ 

  • ހދ. ހަނިމާދ ބަނދަރު ތަރައްޤީކުރުމުގެ މަޝްރ ޢުގެ މަސައްކަތް 01 އޭޕްރިލް 2023 ވަނަ ދުވަހު ނިމިއްޖެ
  •  މި ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރ ޢުގެ އަގަކީ 15.65 މިލިއަން ރުފިޔާ

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް ބޭނުންވާ 48 މަޝްރޫޢެއް ނިމިއްޖެ: މިނިސްޓަރ

  • ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަގެ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 48 މަޝްރޫޢެއްގެ މަސައްކަތް ނިމެއްޖެކަމަށް ޑރ. ޢައިޝަތު ޢަލީ ބުނެފި
  • އަދި އިތުރު 114 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވެސް މިނިސްޓަރ ބުނި
ރިއެކްޝަންސް
0
0
0
0
0
0
0