ފިރިހެނުންގެ ޔޫޓީއައިއާ ބެހޭ ގޮތުން އެނގެން ޖެހޭ ކަންތައްތައް

11 އެޕްރީލް 2023 - 12:09

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ ޔޫރިނަރީ ސިސްޓަމްގައި ހުންނަ ބެކްޓީރިއަލް އިންފެކްޝަނެކެވެ. ޔޫޓީއައިގެ އަސަރު އާންމުކޮށް އަންހެނުންނަށް ކުރާ އިރު ފިރިހެނުންނަށް ވެސް އެ ބަލިތައް ޖެހިދާނެއެވެ. މިއީ ގިނަ ފަހަރަށް ޖިންސީ ގޮތުން ފެތުރޭ އިންފެކްޝަންއެކެވެ. އަދި އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާ ހޯދަންވެސް ޖެހެ އެވެ.

ގިނަ ޔޫޓީއައިގެ އަސަރުކުރަނީ ބްލެޑާ އާއި ޔޫރެތުރާއަށެވެ. އެއީ ބްލެޑާއިން ހަށިގަނޑުން ބޭރުވާ ޓިއުބެވެ. ނަމަވެސް އޭގެ ސަބަބުން ކިޑްނީ އާއި ޔޫރެޓާ ފަދަ ޔޫރިނަރީ ސިސްޓަމްގެ ކޮންމެ ވެސް ހިސާބަކަށް އޭގެ އަސަރު ކޮށްފާނެ އެވެ.

advertisement

ޔޫޓީއައިގެ އަލާމާތްތައް:

ޔޫޓީއައި ހުންނަ ސިމްޕްޓޯމެންގެ ކިބައިން އިންފެކްޝަންގެ އެއްވެސް އަލާމާތެއް ނުވަތަ އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަލާމާތްތައް ފެނިއްޖެނަމަ އޭގެ ތެރޭގައި ހިމެނެނީ:

  • ގިނަގިނައިން ކުޑަކަމު ދާންޖެހުން
  • ޔޫރިން ކުރަން އުނދަގޫވުން
  • މަޑުމަޑުން ޔޫރިން ސްޓްރީމް ނުވަތަ ޔޫރިން ލީކުވުން
  • ކުއްލިއަކަށް ކުޑަކަމު ދާންޖެހުން
  • ޔޫރިންގައި ލޭ
  • ދައްބަނޑުގައި ރިއްސުން
  • ހުން އައުން
  • ފިނިވުން
  • ބޮލުގައި ރިއްސުން
  • ބުރަކަށީގައި ރިއްސުން

ޔޫޓީއައި ދިމާވާން މެދުވެރިވާ ސަބަބުތައް:

  • ހަކުރު ބަލި ހުރުން
  • ކިޑްނީގައި ހިލަ އުފެދުން
  • އާދަޔާ ޚިލާފަށް ޔޫރެތްރާ ކުޑަވުން
  • އަމިއްލަ އިޚްތިޔާރުގައި ޔޫރިން ކޮންޓްރޯލް ނުކުރެވުން
  • ބްލެޑާ މުޅިން ހުސްނުވުން
  • އެކަށީގެންވާ މިންވަރަށް ދިޔާއެއްޗެހި ނުބޮވުން
  • ހިތާނުކޮށްފައި ނުވުން

ޔޫޓީއައިއަށް ފަރުވާ

  • ފިރިހެނުންގެ ޔޫޓީއައިއަށް އާންމުގޮތެއްގައި ފަރުވާ ހޯދަން ޖެހޭ އެއްޗެއް
  • ފަރުވާގެ އަމާޒަކީ ކިޑްނީއަށް ނުވަތަ މަތީ ޔޫރިނަރީ ޓްރެކްޓަށް ބަލި ފެތުރުން ހުއްޓުވުން
  • ބޭނުންކުރާ ފަރުވާގެ ބާވަތް ބިނާވަނީ ބަލި ޖެހޭ ސަބަބުގެ މައްޗަށެވެ. ފަރުވާގެ ޕްލޭންތަކުގައި އާންމުގޮތެއްގައި ބެކްޓީރިއާ ނައްތާލުމަށް އެންޓިބަޔޮޓިކް ބޭހާއި މީހާގެ އަލާމާތްތައް ކުޑަކުރުމަށް ބޭނުންކުރާ ބޭސްތައް ހިމެނޭ
  • ގިނައިން ލިކުއިޑް، ހާއްސަކޮށް ފެން ބުއިމެވެ. މިއީ ޔޫރިން ސްޓިމިއުލޭޓްކޮށް، ބެކްޓީރިއާ ހަށިގަނޑުން ބޭރުކުރުމަށް މުހިއްމު އެއްޗެއް 

ޔޫޓީއައިއިން ރައްކާތެރިވާނެ ގޮތްތައް:

ޔޫޓީއައި ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް ފިރިހެނުންނަށް ސިލްސިލާ ފިޔަވަޅުތަކެއް އެޅިދާނެ އެވެ.

  • ބްލެޑާ ހުސްކުރުން
  • ގިނައިން ފެން ބުއިން
  • ޖިންސީ ގުޅުން ހިންގުމުގެ ކުރިންނާއި ފަހުން ޖިންސީ ގުނަވަންތައް ރަނގަޅަށް ސާފުކުރުމާއި، ބެކްޓީރިއާ ނައްތާލުން
  • ފާޚާނާކުރާއިރު ކުރިމަތިން ފަހަތަށް ސާފުކުރުން
  • ޖިންސީ ގުޅުން ހިންގުމުގައި ޕްރޮޓެކްޝަން ބޭނުންކުރުން
  • ޖިންސީ ގުޅުން ހިންގުމަށްފަހު ކުޑަކަމުދިޔުން

ޔޫޓީއައި އަކީ ބޮޑެތި ފިރިހެނުންގެ ފަރާތުން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މައިގަނޑު ގޮތެއްގައި ދިމާވަނީ ފިރިހެން ޔޫރެތުރާގެ ދިގުމިނާއި ޕްރޮސްޓެޓިކް ފްލުއިޑްގެ އެންޓިބެކްޓީރިއަލް ގުނަވަންތަކުގެ ސަބަބުން ބެކްޓީރިއާ އުފެދުމަށް ހުރަސް އެޅޭތީ އެވެ. އުމުރާއެކު ބަލި ފެތުރޭ މިންވަރު އިތުރުވެސްވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0