މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

12 އެޕްރީލް 2023 - 16:34

ފޭދުއާއި ހުޅުމީދޫއާ ދެމެދު އެމްޓީސީސީން ކާގޯ ފެރީ ބާއްވަނީ

  • އެމްޓީސީސީން އައްޑޫ ސިޓީ ފޭދޫއާއި ހުޅުމީދޫއާ ދެމެދު ކާގޯފެރީ ބާއްވަން ހަމަޖައްސައިފި
  •  އެމްޓީސީސީން ބުނީ މި ހިދުމަތް ފަށަން ނިންމީ ބައެއް ފަރާތްތަކުން، ކާގޯ މުދާ ގެންދަން ބޭނުންވާތީ

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ޙަވާލުކޮށްފި

  • ދ.މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ހަވާލުކުުރުމުގެ އެއްބަސްވުމުގައި ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކޮށްފި 
  • މަސައްކަތުގެ ޖުމްލަ އަގަކީ 4,757,755.00ރ (ހަތަރު މިލިޔަން ހަތްލައްކަ ފަންސާސް ހަތްހާސް ހަތްސަތޭކަ ފަންސާސްފަސް ރުފިޔާ) 

ކޮންޓްރެކްޓަރުންނަށް ނުކަތާވަރަށް މަސައްކަތްކުރަން އެބަހުރި: މަޚްލޫފް

  • މަސައްކަތްތައް ގިނަވެ، ކޮންޓްރެކްޓަރުންނަށް ނުކަތާވަރަށް މަސައްކަތްތައް ލިބިފައި އެބަހުރިކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ބުނެފި
  • މިނިސްޓަރ މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން

ވަންދޫ އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެންނަނީ

  • ރ. ވަންދޫގައި ޤާއިމުކޮށްފައިވާ އިންސިނެރޭޓަރު އޮޕަރޭޝަނަށް ނުގެނެވިގެން އުޅެނީ އޭގެ މެނުފެކްޗަރާގެ ފަރާތުން އެއްބާރުލުން ނުލިބިގެންކަމަށް ވެމްކޯއިން ބުނެފި
  • ރ. ވަންދޫގައި ސަރަޙައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށް ވެމްކޯއާ ޙަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގައި

ފަޅު ރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި

  • ފަޅު ރަށްރަށް ކުއްޔަށް ހޯދުމަށާއި، ކުއްޔަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެކްރިކަލްޗަރުން ބުނެފި
  • ކުއްޔަށް ދޫކުރެއްވުން ވަގުތީގޮތުން ހުއްޓަވައިލެއްވީ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށްދާތީކަމަށް މިނިސްޓްރީން ބުނި
advertisement
ރިއެކްޝަންސް
0
0
0
0
0
0
0