މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
13 އެޕްރީލް 2023 - 16:11
އެފްކޮންސް ވިއްކާލިޔަސް ރާއްޖޭގައި ހިންގާ މަޝްރޫޢުތަކެއް ނުހުއްޓޭނެ: މިޢްވާން
- އެފްކޮންސް ކުންފުނި ވިއްކާލިޔަސް އެ ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ނުހުއްޓޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި
- އިންޑިއާގެ އެފްކޮންސް ކުންފުނިންޏަކީ ރާއްޖޭގައި މިހާރު ކުރިއަށްގެންދާ، އެންމެ ބޮޑު ދެ މަޝްރޫޢުގެ ކޮންޓްރެކްޓަރ
މުޒާހަރާގެ ބައިވެރިން ޓްރެފިކް ހުއްޓުވާ މައްސަލަބޮޑުވެ ޢާންމުންގެ ނުރުހުން
🤷 pic.twitter.com/UCz0YADDfC— Naailu (@kudanai) April 12, 2023
- ކޮންމެ ރެޔަކު މާލޭގައި ސިލްސިލާކޮށް ކުރާ މުޒާހަރާގެ ތެރެއިން ޢާންމު ދަތުރުފަތުރަށް ހުރަސްއަޅައި، ބަސް ހުއްޓުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
- ރޭގެ ވަގުތެއްގައި ކުރަމުންދިޔަ މުޒާހަރާގައި، އެމްޓީސީސީގެ ބަސް ކުރިމައްޗަށް އަރާ ބަސް ހުއްޓުވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން
ކޯވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ކޮވިޑާއި އަރިދަފުސް ރޯގާ ދަނީ އިތުރުވަމުން – ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު (1/2) pic.twitter.com/pYzKGnb9Le
— Health Protection Agency (@HPA_MV) April 12, 2023
- ކޯވިޑް-19އާއި، އަރިދަފުސް ރޯގާ އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފި
- ކޯވިޑް ޖެހިގެން ރިޕޯޓުކުރާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންދާކަމަށްވެސް އެޗްޕީއޭއިން ބުނެފި
ފައިނުގެ ފެން ރައްކާކުރާ ޓޭންކްތައް ނިމި މައިހޮޅި އަޅައި ނިމެނީ
R. Fainu Water & Sewerage Project: Water and sewerage network pipe-laying works and tank erection works have been completed. Pump station works are in progress.#TeamMWSC #MWSCAsaasee pic.twitter.com/Toc0SNsy2m— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 12, 2023
- ރ. ފައިނުގައި ފެން ރައްކާކުރާ ތާންގީތައް ރާވާ ނިމި މައިހޮޅި ވަޅުލުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފި
- ފައިނު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ހަވާލުކުރި ބައިގައި ފެނާއި ނަރުދަމާގެ މައިހޮޅިވެސް ވަނީ ވަޅުލާ ނިމިފަ
އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން
- އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް.
- މި މަޝްރޫޢަކީ 50.02 މިލިއަން ރުފިޔާގެ މަޝްރޫޢެއް
ރިއެކްޝަންސް