އަމިއްލަ ހިޔާލު: ސިންގަޕޫރުގެ “ގްރީން ސިޓީ” ޕްރޮގްރާމުން ދިވެހިން އިބުރަތް ލިބިގަންނަން ޖެހޭ
25 އެޕްރީލް 2023 - 10:39
މީގެ ބައި ގަރުނެއްހައި ކުރިން ސިންގަޕޫރަކީ ހޫނު, ވައި ތަގައްޔަރުވެފައިވާ ތަނެކެވެ. ނަމަވެސް ސިންގަޕޫރުގެ ފެހިކަން އިތުރުކުރުމަށް ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން ސިންގަޕޫރުން ކުރި މަސައްކަތުގެ ސަބަބުން އެގައުމު ފިނިވެގެން ދިޔައެވެ. ސިންގަޕޫރުގައި ރުއްގަހާއި ފެހި ތަންތަން އިތުރުކުރުމަށް އޭރު އެ ގައުމުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ “ގާޑަން ސިޓީ” އިނީޝިއޭޓިވްގެ ނަމުގައި އިފްތިތާހު ކުރި ޕްރޮގްރާމެކެވެ.
I’ve wanted to make a doc on the wonders of Singapore’s ‘Garden City’ plan for *years*.
But have always been told UK audiences don’t want to see modern or international gardens.
So I went out and made it myself on instagram. Ep 1: The Airport, out now!https://t.co/apsTxMbXWp pic.twitter.com/cWtEsNXZhu— James Wong (@Botanygeek) January 8, 2023
މި މަސައްކަތުގެ ދަށުން ގަސް އިންދުމާއި ޕާކުތަކާއި އެހެނިހެން ފެހި ތަންތަން ހަދައި ގައުމުގެ ފެހިކަން 50 އިންސައްތައަށް އިތުރުކުރުން އޭރުގެ ސަރުކާރުގެ އަމާޒަކަށްވެގެން ދިޔަ އެވެ. މިއަދު ސިންގަޕޫރުގައި 2 މިލިއަނަށްވުރެ ގިނަ ގަސް ހުރިއިރު، ސިޓީ-ސްޓޭޓްގެ ފެހިކަން ހުރީ 47 އިންސައްތައިގައެވެ.
ސިންގަޕޫރު ފިނިކުރުމަށްޓަކައި ސަރުކާރުން އެހެނިހެން ފިޔަވަޅުތައް ވެސް އެޅި އެވެ. އެގޮތުން އިމާރާތްތަކުގެ ފާރުތަކާއި ފުރާޅުތަކުގައި ގަސް ހެއްދި އެވެ. މި ފެހި ފުރާޅުތަކާއި ފާރުތަކުގެ ސަބަބުން އިމާރާތްތަކުގައި އުފެދޭ ހޫނުކަން ކުޑަވެ، ސިޓީ ފިނިކޮށް ބެހެއްޓުމަށް އެހީތެރިވެދިނެވެ.
🪴 The garden city 🇸🇬#singapore #architecturedesign #architecturephotography pic.twitter.com/MxY42ovJB1— 🇺🇦Evan Kirstel #B2B #TechFluencer (@EvanKirstel) December 31, 2021
މީގެ އިތުރުން ފިނި ޕޭވްމަންޓް ޓެކްނޮލޮޖީ ވެސް ތައާރަފްކުރި އެވެ. އެގޮތުން އެ ގައުމުގެ ބައެއް ދުވާރުތަކުގައި ހޫނު ރިފްލެކްޓްކުރާ ކުލަ ލިޔެވެ. މީގެ ނަތީޖާއަކަށްވީ ދުވާރުތަކާއި އަދި ވަށައިގެންވާ ސަރަހައްދުތައް އެންމެ ހޫނު މޫސުމުގައިވެސް ފިނިތަންތަނަށް ވެގެން ދިޔުމެވެ.
ރާއްޖޭގެ ސިޔާސަތުތަކުގައްޔާ އަރބަން ޕްލޭނިންގައި ސިންގަޕޫރުގައި މި ގެންގުޅޭ ފަލްސަފާ ބޭނުންނުކުރެވޭނެ ސަބަބެއް ނެތެވެ. މިދިޔަ ދެތިން ހަފްތާއަކީ ކުޅަދާނަ ނުވާވަރަށް ހޫނުވި ދުވަސްތަކެކެވެ. ދުނިޔޭގެ މޫސުމީ ކަންކަމަށް ރާއްޖެފަދަ ކުޑަ ގައުމުތަކަށް ކުރެވޭނެ މާބޮޑު ކަންކަމެއް ނޯންނާނެ އެވެ. ނަމަވެސް އަހަރުމެން ވަށައިގެންވާ ވެއްޓަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުއްޓެވެ.
މިގޮތަށް އާދަޔާ ހިލާފަށް ހޫނުގަދަވުމަކީ ކަރަންޓުބިލު ބޮޑުވުމުގެ އިތުރުން އެކި ބަލިތައްވެސް ފެތުރޭކަމެކެވެ. ހޫނު ގަދަވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތައް ހުންނަ މީހުން ފަދަ ނާޒުކު އާބާދީތަކުގެ މެދުގައި ހޫނުގަދަވުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ހޫނު ގަދަ ވައިގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް އިތުރަށް ގޯސްވެ ފުއްޕާމެއަށް އުނދަގޫވެ ނޭވާލާން އުނދަގޫވެއެވެ. އަދި މީހާ ޑީހައިޑްރޭޓްވެ ކިޑްނީގެ މައްސަލަތަކާއި ހަމުގެ ބަލިތައްވެސް ޖެހެން މެދުވެރިވެ އެވެ.
މާލޭ ރައްޔިތުން ހަނދާނެއް ނުނެތޭ
އަމީނީ މަގުން ގަސްތައް ކަނޑަން ފެށީ
މާލޭ ސިޓީ ކައުންސިލުން ފޮނުވައިގެން
އެތަނުގެ މުވައްޒަފުން ކަން!
މާލޭ ރައްޔިތުންނަށް ސިޓީކައުންސިލާދޭތެރޭ އިތުބާރު ކުރާނެ ސަބަބެއް ނުދެއްކޭތީ ލަދުގަންނަންވެސް ޖެހެނީ އަހަރެމެންދޯ؟#StopAmeeneeMaguTreeGrab https://t.co/7VMB2RDgTn pic.twitter.com/9kfzNhW4YD— #SaveMaldives Campaign (@SaveMaldivesMV) April 11, 2023
ރާއްޖޭގައި ގިނަ ސިޔާސަތުތައް މިހާރުވެސް ބައްޓަންވެފައި މިހުންނަނީ ކުރު މުއްދަތަށް ނަތީޖާ ނެރޭ ގޮތަށެވެ. ތިމާވެއްޓަށްވުރެ ވޯޓަށް ވިސްނާފައި ހަދާ ޕޮލިސީތަކެއް ކަމަށްވެދާނެ އެވެ. މި ވިސްނުން ބަދަލުކުރަން ޖެހެ އެވެ. ދިވެހިންނަށް އަހަރުމެންގެ “ބެސްޓް އިންޓްރެސްޓް” އަކީ ކޮބައިތޯ ވިސްނެން ޖެހެ އެވެ.