އައިސީޓީ ދާއިރާގައި މަސައްކަތްކުރާ އަންހެން ކުދިންގެ ދުވަސް ވިމަން އިން ޓެކްއިން ފާހަގަކުރަނީ
27 އެޕްރީލް 2023 - 12:47
ބައިނަލް އަގުވާމީ އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިން 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ ނެކްސްޓް ޖެން ވާރޗުއަލް އިނޮވޭޝަން ޓުއަރ މިއަހަރުވެސް ފަށައިފިއެވެ. މިއަހަރު ގެ މި ޚާއްސަ ހަރަކާތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެސް ބައިވެރިވުމާއެކުގައެވެ.
ގްރޭޑް 7 އިން 12 ވަނަ ގްރޭޑްގައި ކިޔަވަމުން ދާ އަންހެން ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ މި ހަރަކާތުގެ އަމާޒަކީ ކުރިމަގުގެ އަންހެން ކުދިންނަށް ކެރިއަރއެއްގެ ގޮތުގައި އިޚްތިޔާރު ކުރެވިދާނެ ދާއިރާއެއްކަމުގައި ދައްކާދިނުމާއި އެކަމަށް ހިތްވަރު ދިނުމެވެ. ޕްރޮގްރާމުގައި ބައިވެރިވާ އިދާރާތަކާއި ކުދިންނާއި ގުޅުވައިދީ މަޢުލޫމާތު ބަދަލުކުރެވުމުގެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި މިދާއިރާގެ އެކިއެކި ވަޒީފާގެ ހުނަރުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، އެކިއެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތަޢުލީމުގެ ދާއިރާ ޚިޔާރުކުރުމުގައި އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުމެވެ. މީގެ އިތުރުން ދިވެހިންގެ ބައިވެރިވުމާއެކު ޓެކޮނޮލޮޖީގެ އުފެއްދުންތަކާއި ގެންނަ ކުރިއެރުންތަކަށް ކުދިން ހޭލުންތެރިކުރުވުމެވެ.
This International Girls in ICT Day lets recognize and amplify the voices of young women in technology, inspire them to explore new possibilities, and create a more diverse industry. By empowering girls with digital skills we can create a more equitable community. #GirlsInICT pic.twitter.com/HekBNmZA1c— Women in Tech Maldives (@womenintechmv) April 27, 2023
މި ވާރޗުއަލް ޓުއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް 26،27،28 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ އަންހެން ކުދިންނަށް އަމާޒުކޮށްގެން އޮންލައިންކޮށެވެ.. އަދި މި ޓުއަރގެ ސެޝަންތައް ނެގުމަށް ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރާއި، އަމިއްލަ ކުންފުނިތައް ހިމެނޭގޮތަށް 12 ފަރާތެއް ބައިވެރިވެއެވެ. ސެޝަންތަކުގައި މައުލޫމާތު ދެއްވާ ފަރާތްތަކުގެ ތެރޭގައި ދިރާގު, އޫރިދޫ,އެލައިޑް އިންޝުއަރެންސް ކޮމްޕެނީ, މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް, ލޮޓީފައިލްސް, ވިމެން އިން ޓެކް މޯލްޑިވްސް, މޯލްޑިވްސް ޕެންޝަން އޮފީސް, ބޭންކް އޮފް މޯލްޑިވްސް,މޯލްޑިވްސް ކަސްޓަމްސް,އެންސީއައިޓީ, ޓެކްނިއުސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނެއެވެ. އެ މި ސެޝަންތަކުގައި ބައިވެރިވާ އިދާރަތަކުގެ މަސައްކަތުތެ މާހައުލާއި، ވަޒީފާގުޅޭ މަޢުލޫމާތު ދެވޭނެއެވެ. ޓެކްނޮލޮޖީ ޓީމްތައް މަސައްކަތުގައި ބޭނުންކުރާ ޓޫލްސް, ރިސޯސަސް އަދި އުފެއްދުންތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
މިއިވެންޓުގެ މެއިން ޕާޓްނަރ ގެ ހައިސިއްޔަތުން އެމްއެމްއޭއިން ބުނެފައި ވަނީ، ” މިފަދަ ޙާއްސަ ކަމަކަށް އަނެއްކާވެސް އެއްބާރުލުން ދޭން ލިބުނު މިފުރުސަތަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މުއައްސަސާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދެކެނީ ތައުލީމަކީ ދިރިއުޅުން ބަދަލުކޮށްލާފަދަ ބާރެއް ހުރިއެއްޗެއް ކަމަށް. އެހެންކަމުން ދިވެހިރާއްޖޭގައި އައި.ސީ.ޓީ ތަޢުލީމު ކުރިއެރުވުމަށާއި، ރާއްޖޭގެ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވުމަށް އަޅުގަނޑުމެން އިސްކަމެއްދެން. މިހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކުރާނަން. ކުރިއަރަމުން ބަދަލުވަމުން އަންނަ މިދާއިރާއަށް އަންހެން ކުދިންގެ ޝައުޤުވެރިކުރުވާ މިދާއިރާއިން ކުރިއަށް ދެވެން ހުރި ފުރުސަތުތައް ދެނެގަތުމަށް އެކުދިންނަށް ހިތްވަރު ދިނުމުގައި އަޅުގަނޑު މެން ދެމިތިބޭނަން” ކަމަށެވެ.
ދުނިޔޭގެ 166 އަށް ވުރެ ގިނަ ޤައުމުތަކުގައި އެކިއެކި ފެންވަރުގައި ފާހަގަކުރާ ބައިނަލް އަޤްވާމީ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމިނިއުކޭޝަން ޔޫނިއަން (އައިޓީޔޫ) އިން އިންތިޒާމްކޮށްގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ހަރާކާތެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލްގެ 04 ވަނަ ބުރާސްފަތި ވަނަ ދުވަހުގައެވެ. އަންހެން ކުދިންނާއި ޒުވާން އަންހެނުން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު (ސްޓީއީއެމް) ކެރިއަރުގައި ކުރިއަރައި ދިއުމަށްޓަކައި ޑިޖިޓަލް ދުނިޔޭގައި އައިސީޓީ ބޭނުންކުރާ މީހުންނާއި އުފެއްދުންތެރިންނަށް ވުމުގެ ހުނަރު ހޯދުމުގެ މުހިންމުކަން ދެނެގަނެ، ޒުވާނުންނާ މަޝްވަރާކޮށްގެން، އައިސީޓީ 2023 ގައި އަންހެން ކުދިންނަށް އަޅުގަނޑުމެންގެ ތީމެއްގެ ގޮތުގައި އައިޓީޔޫއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “Digital Skills for life” އެވެ.