މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
27 އެޕްރީލް 2023 - 16:50
ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ
- ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯއްދަވަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފި
- ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4.30 މިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށް
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ
- ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު، މި އެޕްރީލް މަހުގެ 30 ވާ އާދީއްތަ ދުވަހަށް ހަމަވާނެ
- މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެއްވީ މާރިޗު މަހުގެ 19 ވަނަ ދުވަހު
ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް
- ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފި
- މިއީ މަޖިލީހުގެ ގަވާއިދަށް 2021 ވަނަ އަހަރު ގެނެވުނު ބަދަލާއިއެކު ލިބޭ އެންމެ ކުރު ޗުއްޓީ
ބ.ހިތާދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި
B. Hithaadhoo Harbor Breakwater and Quaywall Construction Project is well underway. We have completed existing harbor basin dredging operations. Full shipment of concrete blocks required for quaywall construction have been delivered to the site.#MTCCProjects #RayyithungeKunfuni pic.twitter.com/61SByytEJN— MTCC Plc (@MTCCPlc) April 27, 2023
- ބ.ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ކުރިން އޮތް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާ އެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި
- ހިތާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރޭގައި މިހާރު ކުރިއަށްދަނީ ބަނދަރަށް އިތުރު ކުރާ ބައިގައި ގައު އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނި
ހަތަރު މަޝްރޫއަކަށް ދޭން އެއްބަސްވެފައިވާ އެހީގެ ބައެއް ދޫކޮށްފި
- އިންޑިއާ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީވުމަށް ކަނޑައަޅާފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ތެރެއިން 4 ޕްރޮޖެކްޓަކަށް 2.73 މިލިއަން ރުފިޔާ ދޫކޮށްފި
- ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ދޫކޮށްފައިވާ ހިލޭ އެހީ ދިވެހި ސަރުކާރާއި ޙަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ ފަރާތުން
ރިއެކްޝަންސް