މާބަނޑުވުމާއި ގުޅޭ ގޮތުން ކުރެވޭ ބައެއް ކުންހީތައް

29 އެޕްރީލް 2023 - 11:13

އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ފަހަރު ރައްޓެއްސަކު ނުވަތަ އާއިލާ މީހަކު ބަނޑުބޮޑުވެއްޖެ ނަމަ އެމީހަކަށް ކުރެވުނު ތަޖުރިބާ އާއި މާބަނޑުވުމާއި ގުޅޭ ގިނަ ވާހަކަތައް ހިއްސާކުރެއެވެ. އެގޮތުން ބަލިވެއިންއިރު ވަކި ކަހަލަ އަލާމާތްތަކެއް ހުންނަނަމަ ލިބޭނީ ވަކިކަހަލަ ކުއްޖެކޭވަކި ޖިންސެއްގެ ކުއްޖެކޭ ބުނެއެވެ. ބަލިވެއިންނަ އިރު ވަކި ކަހަލަ ކަންތައްތަކެއް ކުރެވޭނެއޭ، ނުކުރެވޭނެއޭ މިހެންގޮސް އެކި ގައުމުތަކާއި އެކި ރަށްރަށުގައި އެކި ކަހަލަ ބޯދާ ވާހަކަދައްކައެވެ. އެގޮތުން މިއީ އަހަރެމެން ތެރޭގައި ކުރެވޭ ބައެއް ކުންހީތައް:

  • އެއްމާބަނޑު ދެކުދިން ލިބުމުގެ ފުރުސަތު ވަރަށް މަދު – އެއްމާބަނޑު ކުދިން ވިހާ އަދަދު ރާއްޖޭގައި އެހާ ގިނަ ނޫސް ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ އެހާ މަދުންވާ ކަމެއް ނޫނެވެ. ރާއްޖޭގައި ތަފާސް ހިސާބުތަކެއް ފެންނަން ނެތްނަމަވެސް ކުރިއާއި އަޅާބަލާއިރު އެއްމާބަނޑުކުދިން ވިހާ އަދަދު އިތުރުކަމަށް ފެނެއެވެ.
  • މޭއަނދާނަމަ ދަރިފުޅުގެ ގައިގެ އިސްތަށި ގިނަވާނެ – މާބަނޑު ދުވަސްވަރަކީ ވަރަށް ގިނަ މީހުން ހޮޑުލުމާއި ގޭސްވުމާއި މޭއެނދުން ނުވަތަ މެއިން ދިލަނަގާގޮތްވާ ދުވަސްވަރެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މެއިން ދިލަނގާގޮތްވާނަމަ ވިހާ ކުދިންގެ ގައިގެ އިސްތަށި ގިނަވާނެކަމަށް ވާހަކަ ދެކެވުވުނަސް މިކަމަށް ބާރުދޭ މާބޮޑު ހެއްކެއް އަދި ނެތެވެ. 
  • ކުއްޖާގެ ޖިންސް ދެނެގަނެވޭނެ – އެކި މީހުން އެކި ޓެކްނިކް ބޭނުންކުރެއެވެ. އެގޮތުން މާބަނޑުމީހާގެ ބަނޑާއި މޫނުގެ ޝޭޕް ހުންނަ ގޮތާއި ، ކައިވެނީގެ އަނގޮޓި ބަނޑާއި ދިމާލަށް އެނބުރޭގޮތުންވެސް ބައެއް މީޙުން ވިހާ ކުއްޖާގެ ޖިންސް އަންދާޒާ ކުރެއެވެ.
  • ބަލިވެއިންނަ އިރު ކަސްރަތު ނުކުރެވޭނެ – މާބަނޑުވުމުގެ ކުރިން ހެލިފެލިވެ ނޫޅެ، ނުވަތަ އަބަދު އިށީނދެގެން ތިބޭ މީހުންނަށް ބަލިވެއިނުމުން ވަކި ޚާއްސަ ރޫޓިންއެއްގައި ކަސްރަތުކުރުމަށް ގިން ޑޮކްޓަރުން އިރުޝާދު ނުދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.  އެހެން ނަމަވެސް ހިނގާލުން ފަދަ ކަންކަމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.
  • ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވާންޖެހޭ – ކުރެވިފައި ހުރި ދިރާސާތަކުން ދައްކާގޮތުން ، މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމުން، ދުވަސްނުފުރާ ވިހެއުން ނުވަތަ ނުވަތަ  ރިސްކެއް އޮތްކަމަށް ދައްކައެވެ. އަދި މާބަނޑު ދުވަސްވަރު ލޭ އައުން، ނުވަތަ ފެންގަނޑު ފަޅައިގެން ދިއުކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ޖިންސީ ގުޅުން ހިންގުމާ ދުރުވާންޖެހެއެވެ.
  • ސިޒޭރިއަން އަކަށްފަހު ދެން ނުވިހޭނެ – ޙަގީގަތަކީ ސިޒޭރިއަން އަކަށްފަހުވެސް ދެން ބަނޑުބޮޑުވެގެން ގުދުރަތީ ގޮތުން ވިހޭނެކަމެވެ. ޑޮކްޓަރުން ސިޒޭރިއަން އަކަށް ދަނީ  ވިހެއުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލެއް، ވިހެއުމުގެ ކަންކަން ދަނީ ކިހިނެއްތޯ ޑޮކްޓަރުން ބަލާ މައިމީހާއަށް އެންމެ ނުރައްކާތެރިކަން ކުޑަގޮތެއް ބެލުމަށްފަހު އެވެ.
  • މާބަނޑުދުވަސްވަރު ކޮފީ ނުބޮވޭނެ – ބަލިވެއިނުމުން ބައެއް މީހުން ކޮފީ ބުއިން ހުއްޓާލައެވެ.ނަމަވެސް މާބަނޑު ދުވަސްވަރުވެސް ކޮފީ ބޮވޭނެއެވެ. ޖެހެނީ ކޮފީ ބޮވޭ މިންވަރު މަދުކޮށްލާށެވެ. އެގޮތުން ދުވާލަކު ބޮވޭ ކޮފީގެ މިންވަރު 200 މިލިގްރާމަށް ވުރެ އިތުކޮށްގެން ނުވާނެއެވެ. މިއީ ގާތްގަޑަކަށް 1.5 ނުވަތަ 8 އައުންސް ގެ ކޮފީއެވެ.

މާބަނޑު ދުވަސްވަރާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކާއިރު، އޭގެ ތެރެއިން ބައެއް ވާހަކަތަކުގައި ނުރަނގަޅު މައުލޫމާތު ހުރެއެވެ. އޭގެ ސަބަބުން ގެއްލުންތަކެއްވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު ކެއުމާއި،  ސިއްހީ ފަރުވާއަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން ޑޮކްޓަރުގެ ލަފައާއި އިރުޝާދު ހޯދުމަކީ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެކެވެ.

advertisement
ރިއެކްޝަންސް
3
0
0
0
0
1
0