މޯލްޑިވްސް ރެސިލިއަންޓް ރީފްސް އަދި ބްލޫ މެރިން ފައުންޑޭޝަނުން އީ-ލާނިން ހަބެއް ތައާރަފްކޮށްފި, ކޯސްތައް މުޅިން ހިލޭ
29 އެޕްރީލް 2023 - 15:34
މޯލްޑިވްސް ރެސިލިއަންޓް ރީފްސް އާއި ބްލޫ މެރިން ފައުންޑޭޝަން ގުޅިގެން މެރިން ލިޓަރަސީ ޕްރޮމޯޓްކުރުމަށް ދިވެހި ބަހާއި އިނގިރޭސި ބަހުން ހިލޭ މޮޑިއުލްތައް ފޯރުކޮށްދޭ އީ-ލާނިން ހަބެއް ތައާރަފްކޮށްފި އެވެ.
މި މޮޑިއުލްތަކުގައި ތަފާތު ގިނަ މައުލޫތައް ކަވަރުކޮށްފައި އެބަހުއްޓެވެ. އެގޮތުން ފަރުތަކުގައިވާ ދިރުން ފަދަ އަސާސީ މާއްދާތަކުން ފެށިގެން ދިވެހި ކަނޑުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މަސައްކަތް ކުރާ ގޮތާއި އޯވާފިޝިންގެ މައްސަލަފަދަ މައުލޫތައްވެސް ހިމެނެއެވެ.
“މި މަޝްރޫއުގެ މަގްސަދަކީ ދިވެހިންގެ މެދުގައި މެރިން ލިޓްރަސީ އިތުރުކުރުން,” ހަސަން މޫސާ, މޯލްޑިވްސް ރެސިލިއަންޓް ރީފްސްގެ އެޑިއުކޭޝަން އަދި އައުޓްރީޗް އޮފިސަރ މި ނޫހާ ވާހަކަދައްކަމުން ހާމަކުރި އެވެ. “އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ދިވެހިންގެ މެދުގައި އަދިވެސް މެރިން ލިޓަރެސީ ވަރަށް ދަށް.”
We are proud to launch #MasmahaaVeshi, our new e-learning hub with @Bluemarinef! Modules are available for free in both Dhivehi and English! Visit the website to learn about the biggest issues facing our oceans and how to tackle them.https://t.co/F2LD8NSQC6 pic.twitter.com/lurD6qpuNf— Maldives Resilient Reefs (@ResilientReefs) April 28, 2023
އަދި މި މޮޑިއުލްތަކަކީ ސްކޫލް ކުދިންނާއި މަސްވެރިންނާއި ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަސް ވެސް ބޭނުންކުރެވޭނެ މޮޑިއުލްތަކެއް ކަން އޭނާ ފާހަގަކުރިއެވެ.
އަދި ހަމަ އެހެންމެ ހާއްސަކޮށް މަސްވެރިން މި މޮޑިއުލްތައް ނަގަން އެ ޖަމިއްޔާއިން ހިތްވަރުދިނެވެ.
“ފަރު މަސް އެހެން މަސްތަކާ ތަފާތު (އަދި ހާއްސަ)ވަނީ ކީއްވެގެންތޯއާއި, ފަރު މަސް ފަރުތަކަށް ޖަމާވާ ގޮތާއި، މެރިން ޕްރޮޓެކްޓެޑް އޭރިއާތައް މަސައްކަތްކުރާ ގޮތާއި، އޯވަފިޝިން އަކީ ކޮބައިކަން އެނގޭނެ މޮޑިއުލެއް މިހަބުގައި ވާނެ.”
މި އީ-ލާނިން ހަބަކީ ކުރިއަރަމުން އަންނަ ވަސީލަތެއް ކަމަށާއި މޯލްޑިވްސް ރެސިލިއަންޓް ރީފްސްގެ ވިސްނުން ހުރީ ކުރިއަށް އޮތް ތަނުގައި އިތުރު މޮޑިއުލްތަކެއް ތައާރަފްކުރުން ކަމަށްވެސް ހަސަން މައުލޫމާތުދިނެވެ. އެ ޖަމިއްޔާއިން އުއްމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން ކަނޑުތަކާއި ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރުމަށް ފަރުދުންނަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށްވެސް ހަސަން ބުންޏެވެ.