މަސައްކަތްތެރިއެއްގެ ދުލުން މަސައްކަތްތެރިންގެ އުދާސްތައް

1 މެއި 2023 - 9:49

އަހަރެން މަސައްކަތް ކުރަނީ ސިވިލް ސަރވިސް އޮފީހެއްގައެވެ. އެހެން ނަމަވެސް އަހަރެން ވަޒީފާއަށް ނަގާފައިވަނީ ބޭރުގެ އެހީގެ ޕްރޮޖެކްޓަކުން ދީފައިވާ ފަންޑަކުން މުސާރަދޭ މުވައްޒަފެއްގެ ގޮތުގައެވެ. ކޮންމެ އަހަރަކު އެއްފަހަރު ކޮންޓްރެކްޓްރެކްޓް އާކުރާގޮތަށެވެ. މަސައްކަތް ކުރަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި އެއްގޮތަށެވެ. ގަޑިޖެހުމުން ގަޑީލާރިވެސް ކެނޑެއެވެ. އޮފީހަށް ދާ ގަޑިއާއި ނިމޭގަޑީގައިވެސް ތަފާތެއްނެތެވެ. އަހަރީ ޗުއްޓީވެސް 30 ދުވަސް ލިބެއެވެ. އެހެން ނަމަވެސް އަހަރެންނަށް އަހަރީ ޗުއްޓީ ކޮންމެ މަހަކު 3 ދުވަސް ލިބެއެވެ. ސިވިލްސަރވިސްގައި 30 ދުވަސް ލިބެނީ އެއް އަހަރުވުމުންނެވެ.

އަހަރެން އިތުރުގަޑީގައި ކިތަންމެ މަސައްކަތް ކުރިނަމަވެސް އިތުރުގަޑި ނުލިބެއެވެ. ވަޒީފާ އާއި ގުޅިގެން ލިބޭ ތަމްރީނެއްގައިވެސް ބައިވެރިނުއެވެއެވެ. އޮފީސް ދަތުރެއްގައި ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތެއްވެސް ނުލިބެއެވެ. އެކަމަކު ކުރަންޖެހެނީ އެއް މަސައްކަތެކެވެ. އަހަންނަށް ލިބެންޖެހޭ އެއްވެސް އެއްޗެއް ލިބުމުގައި ދެންތިބޭ މުވައްޒަފުންނާއި އެއް ހަމައެއް ނެތެވެ. އުނިވާން ޖެހިއްޖެނަމަ ހަމަހަމައެވެ.

advertisement

ކޮވިޑާއި އެކު ރާއްޖޭގައި ގޭގައި ތިބެގެން މަސައްކަތް ކުރަން މަޖުބޫރުވިއެވެ. އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ކަންކަން ހަމައަކަށް އެޅުމާއި އެކު އެންމެން އޮފީސްތަކަށް މަސައްކަތް ކުރަން ނިކުތެވެ. އެއާއި އެކު ދެންއަހަރެން މަސައްކަތް ކުރާ އޮފީހުން އެއީ މިހާރު އެއްގޮތަކަށްވެސް ކުރެވޭ ކަމަކަށް ނުވިއެވެ. އަހަރެން ކިތަންމެ ބޮޑު ކަމެއްޖެހިގެން ގޭގައި ހުރެގެން މަސައްކަތް ކުރަން ބޭނުންނުވިޔަސް އެކަމެއްވާކަށް ނެތެވެ. އެހެން ނަމަވެސް ކޮވިޑްގެ ކުރިންވެސް ރާއްޖޭގައި ބައެއް އޮފީސްތަކުގައި އެ ފުރުސަތު ދެއެވެ. މިހާރުވެސް ލިބެއެވެ. ވަކި އޮފީހަކަށް މިހާ ނިސްބަތްވީތީ ބައެއް މަސައްކަތްތެރިން ތިބީ އެކަމުން މަހުރޫމްވެފައެވެ. އެކަމަކު އޮފީހަށް ސަލާމް ބުނާދުވަހަކުވެސް އޮފީހުން ބޭނުންވެއްޖެ ނަމަ އަހަރެން ގޭގައި ހުރެގެން މަސައްކަތް ކުރަންޖެހެއެވެ. އިތުރުގަޑިއެއް ނުވެސް ލިބެއެވެ.

މަސައްކަތްތެރިންގެ ހައްގުގެ ވާހަކަ ދައްކާއިރު މިހުންނަނީ ކުދިކުދިން ކަންކަމެވެ. މަސައްކަތްތެރިޔާ ބޭނުންވާ މުހިންމު ކަންތަކެވެ. ބަޖެއްޓަށް އެއްވެސް ބުރައެއް ނެތި ކުރެވިދާނެ ކަންތަކެވެ.

ރާއްޖޭގައި މިއަދު މަސައްކަތްތެރިންގެ ވާހަކަ ދައްކާއިރު ސިއްޚި ޚިދުމަތްތެރިންގެ މުސާރައަށް މިވަނީ ކުރިއެރުން ގެނުވާފައެވެ. ސޯޝަލް މީޑިއާގައި އެއްވެސް ކަހަލަ ތަސައްރަފު ފުދިފައިވާ މީހުން ކުރާކަހަލަ ޕޯސްޓެއް ނުވަތަ ކޮމެންޓެއް ނެތެވެ. އެހެން އެވަނީވެސް ސަބަބެއް އޮވެގެނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ދާއިރާތަކާއި ފަންތީގެ ހުރި ތަފާތުކަމުންނެވެ.

ސިއްޚީ ދާއިރާއަށް ބޮޑުކުރި މުސާރަ:

 ● އެވްރެޖްކޮށް 20،459 ރުފިޔާ ލިބޭ ރެޖިސްޓަޑް ނަރުހެއްގެ މުސާރަ 29،271ރ.

● ސްޕެޝަލައިޒްޑް ނަރުހެއްގެ މުސާރަ ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައި.

● ސީނިއަ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ. އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައި.

● ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި.

● ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ. މި ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 ޕަސެންޓުގެ ކުރިއެރުމެއް.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް މުޅި ދުނިޔޭގައި ފާހަގަކުރަނީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ މަސައްކަތްތެރިންނާއި މަސައްކަތްތެރިން އެމީހުންގެ ޙައްޤުތަކަށް އަހުލުވެރިކުރުވުމެވެ. ކޮންމެ މަސައްކަތެއްގެ މައިގަނޑު އަސާސަކީ މަސައްކަތްތެރިކަން ކަމަށްވާތީ މިއީ ވަރަށް މުހިންމު ދުވަހެކެވެ. މިއަދު މިކަމަށް ބޭނުންވަނީ ތަންފީޒުކުރެވެމުންދާ ޤާނޫނުތަކަކާއި ހޭލުންތެރި މުޖުތަމަޢެކެވެ

ރިއެކްޝަންސް
0
3
0
6
0
0
1