ވިހެއުމަށް ފަހު ދިމާވާ ޑިޕްރެޝަންގެ މައްސަލަ

2 މެއި 2023 - 15:05

ކުއްޖަކު ލިބުމަކީ މީހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ތަފާތުކަމެއް އަންނަ ކަމެކެވެ. ޚާއްސަކޮށް ނިދުން މަދުވެ މުޅި ޝެއޑިއުލް ބަދަލުކޮށްލައެވެ. އެގޮތުން ބައެއް މީހުންނަށް ދަރިއަކު ލިބިގެން ފުތަރަމަ ހަފްތާގައި އެންޒައިޓީ އާއި މޫޑް ބަދަލުވުމާއި ބިރުގަތުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.

މިގޮތުން ބައެއް މީހުންނަށް މިފަދަ ކަންކަމާއި ކުރިމަތިލާވަރު އިތުރުވެ ވިހެއުމަށް ފަހު ކުރިމަތިވާ ޑިޕްރެޝަންގެ އަލާމާތައްވެއެވެ. ވިހެއުމަށްފަހު ދިމާވާ ޑިޕްރެޘަންގެ މައްސަލަތައް ފާހަގަކުރެވެނީ ވިހައިގެން ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައެވެ.

advertisement

ވިހެއުމަށްފަހު ދިމާވާ ނަފްސާނީ މައްސަލައަކީ  ވަރަށް ސީރިއަސް ކަމެކެވެ. އެހެން ކަމުން މި ފެންނަ އަލާމާތްތަކަކީ ވިހެއުމަށްފަހު ދިމާވާ ނަފްސާނީ މައްސަލަތައްތޯ ދެނަގަނެ އެކަމަށް ސަމާލުވާންޖެހެއެވެ.

މިކަން ކިހާދުވަހަކަށް ދެމިގެންދޭ

  • މިކަމަށް އެއްވެސް ފަރުވާއެއް ނުހޯދާނަމަ ބަލީގެ އަސަރު މަސްތަކަށް ނުވަތަ އަހަރުތަކަށް ދެމިގެންހިނގައިދާނެއެވެ. އެހެން ނަމަވެސް ފަރުވާ ހޯދައިފިނަމަ މިކަމުގެ އަލާމާތްތައް ކުޑަކުރެވި ދިރިއުޅުގެ ކަންކަން ރަނގަޅުކުރެވިދާނެއެވެ.
  • ސިއްހީ ހިދުމަތްތެރިން އިރުޘަދުދޭ ގޮތުގައި ދަރިއަކު ލިބުމަށްފަހު ދެރަވެ އެކަނިވެރިކަމުގެ އިހްސާސް ދެހަފްތާއަށް ވުރެ ގިނަދުވަހަށް ދެމިގެންދާނަމަ އެހީތެރިކަން ހޯދަންޖެހެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިކަމަށް ފަރުވާ ނުހޯދާނަމަ އެކަމުގެ ނޭތެވޭ އަސަރު ގިނަދުވަހަށް ދެމިގެންދެއެވެ.

މިކަމުގެ ގެއްލުން

ވިހެއުމަށް ފަހު ދިމާވާ ނަފްސާނީ މައްސަލަ އިތުރަށް ގޯސްވެދިގުދެމިގެން ދިއުމަށް މެދުވެރިވާ ކަންކަންވެސް ހުރެއެވެ. އޭގެ ތެރޭގައި :

  • މާބަނޑުވުމުގެ ކުރިން ނަފްސާނީ މައްސަލައެއް ހުރުން
  • އާއިލާތެރޭގައި ބައިޕޯލާ ޑިޕްރެޝަން ހުންނަ މީހަކު ހުރުން
  • މާބަނޑު ދުވަސްވަރު މާ ބޮޑް ޑިޕްރެސްވުން, ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވުން. ބަލިވުން, ވަޒީފާގެއްލުން.
  • އާއިލާތެރިން ނުވަތަ ބައިވެރިޔާގެ ފަރާތުން ލިބެންވާ އެހީތެރިކަން ނުލިބުން.
  • ސިއްހީ ސަބަބަކާއި ހުރެ މާއަވަހަށް ވިހެއުން

ވިހެއުމަށް ފަހު ދިމާވާ ބައެއް ނަފްސާނީ މައްސަލަތައް:

  • ދެރަވަ މާޔޫސްވުން
  • ދަރިފުޅަށް ލޯބިދީ ބެލޭނެ ކަމާއި މެދު ބިރުގަތުން
  • މާބޮޑް ރުއިން
  • މޫޑީވެ ގައިގެ ވަރުދެރަވުން
  • ނިދަން އުނދަގޫވުން
  • މާގިނައިން ކެވުން ނުވަތަ ވަރަށް މަދުން ކެއުން
  • މީހުންނާއި އެކީ އުޅެން ބޭނުންނުވުން އަދި އެކަހަލަ ކަންތަކާއި ދުރުހެލިވުން.

ފަރުވާ

އެއްވެސް މީހަކު ވިހެއުމަށް ފަހު މަތީގައި ދެންނެވި ފަދަ އަލާމާތެއް ނުވަތަ އެހެން ވެސް އަލާމާތެއް ފެނިއްޖެ ނަމަ އަވަރަށް ޑޮކްޓަރަށް ދައްކަންވާނެއެވެ. އޭރުން މިކަމަށް އޮންނަ ފަރުވާއާއިގެން ކުރިއަށް ދެވޭނެއެވެ. މިފަދަ ބަލިތަކަށް ދެވޭ ފަރުވާގެ ތެރޭގައި ބޭސް ބޭނުންކުރުން އަދި ކައުންސެލިން ދިނުން ހިމެނެއެވެ. 

ބޭސް ބޭނުންކުރަންވީ ކިހާ މުއްދަތަކަށް ކަން ޑޮކްޓަރަށް ދައްކާ ޑޮކްޓަރުގެ އިރުޝާދާއި އެކު ކުރިއަށް ދެވޭނެއެވެ.ބޭހާއި ކައުންސެއލިންގެ އިތުރުން އަމިއްލަ އަށް ގޭގައިވެސް މިބަލިން ފަސޭހަވުމަށް ކަންތައްތަކެއް ކުރެވިދާނެއެވެ. 

އެގޮތުން ބޭނުންވާވަރަށް އަރާމުކުރުމާއި , މީހުގެ ގާތުން އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުން މިހިންމެވެ. ތިމާއަށް ކުރެވޭ އިހްސާސްތައް އެހެން މީހުންނާއި ހިއްސާކުރުމާއި ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމަކީ ވެސް މިފަދަ ކަންކަމަށް ވަރަށް ބޮޑު ލިއެއް ލިބިގެންދާނެ ކަންކަމެވެ.

އެހެން ކަމުން ވިހެއުމަށް ފަހު ދިމާވާ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާ އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭށެވެ. އެއީ މީހާގެ ހުރި އުނިކަމަކުން ނުވަތަ ތިމާގެ އަމިއްލަ މަސައްލައަކުން ދިމާވާކަމެއް ނޫނެވެ. މިކަމަށް އެހީތެރިކަން ނުހޯދާ ފަރުވާކުޑަކުރެވިއްޖެ ނަމަ މަންމައާއި ކުޑަ ދަރިފުޅުގެ ދުލަހެޔޮކަމަށް ރަނގަޅު އަސަރުކުރާނެއެވެ. ފަރުވާ ނުހޯދައިފިނި ދިގުމުއްސަތަކަށް މިކަމުގެ ނުރަނގަޅު އަސަރު ކުރާނެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0