ދިރާގު ފައިބަރ ބްރޯޑްބޭންޑަށް އެޕްލައިކޮށްލައިގެން ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް
3 މެއި 2023 - 15:45
މުޅިން އަލަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓްއަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރައްވާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ލިމިޓެޑް ޓައިމް އޮފާރގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 2 އިން 15 މެއި 2023 ގެ ނިޔަލަށެވެ.
“މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް. ދިރާގު ފައިބަރ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،” ދިރާގުގެ މެނޭޖަރ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވިއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވަރކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.
މި ޕްރޮމޯޝަނާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް https://bit.ly/42dAzP8