މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 މެއި 2023 - 16:55

އެސްއެމްއީ ބޭންކްގެ ޕޯޓަލް އަޕްގްރޭޑްކޮށް ލޯނަށް އެދުމަށް ހުޅުވާލައިފި

  • އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްއެމްއީ ބޭންކްގެ ޕޯޓަލް އަޕްގްރޭޑްކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
  • އެސްއެމްއީ ބޭންކަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް މި ސަރުކާރުން އުފައްދަވާފައިވާ ބޭންކެއް

މުދަލު ޒަކާތުގެ ނިޞާބަކީ 7،312.55 ކަމަށް ކަނޑައަޅައިފި

  • ރާއްޖޭގައި ފައިސާއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7،312.55 ރުފިޔާ ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި
  • މީގެ ކުރިން މިދިޔަ ޖެނުއަރީމަހު ކަނޑައަޅާފައިވަނީ 7062.65 ރުފިޔާ

ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުން: ރައީސް

  • ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ޙާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބުނެފި
  • ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި

ގައުމީ ދާރުލްއާސާރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރަނީ

  • ގައުމީ ދާރުލްއާސާރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ފަށްޓަވައިފި
  • ބީއެމްއެލްގެ އެހީއާއެކު ކުރިއަށްގެންދަވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފި

ކަރަންޓް ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް: ސްޓެލްކޯ

  • ކަރަންޓު ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށްކަމަށާއި މީޓަރުގެ ރީޑިންގ ނުނަގައި އެއްވެސް ބިލެއް ތައްޔާރުކޮށްފައި ނުވާނޭކަމަށް ސްޓެލްކޯއިން ބުނެފި
  • ސްޓެލްކޯއިން މިހެން ހާމަކޮށްފައި މިވަނީ މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް ބުނެ މީޑިއާއަކުން ހަބަރު ފެތުރުމާއި ގުޅިގެން
ރިއެކްޝަންސް
0
0
0
0
0
0
0