
ކުޑަކުދިންގެ ދުވަހާ ގުޅުވައި އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް ބާއްވަނީ
4 މެއި 2023 - 9:57
ކުޑަކުދިންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ކުޑަކުދިންނަށް ޚާއްސަ ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ކޮންމެ އުމުރު ފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ދިނުމަށްވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާ ތަކަކީ، ހަ އަހަރުން ދަށް، 7 އަހަރާއި 11 އަހަރާ ދެމެދު އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.
Create your dreams with STO
Don’t miss your chance to showcase your creativity and talent in our exciting art Competition
Win Exciting prizes#childrensday #artcompetition #artist pic.twitter.com/FSKzq0qUaI— STO People's Choice (@stopcmv) May 3, 2023
ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 މެއި 2023 ވާ ބުދަ ދުވަހެވެ. މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ފޮނުވާނީ pcmarketing@sto.mv އަށެވެ. މުބާރާތާ ގުޅޭ އުސޫލު އެސްޓީއޯ ޑޮޓް އެމްވީގައި ވަނީ ޝާއިއުކުރެވިފައެވެ.