ނ. މާޅެންދ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި
6 މެއި 2023 - 13:03
ނ. މާޅެންދ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
ނ. މާޅެންދޫ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
MTCC has signed an agreement with @MoNPHImv towards implementation of N. Maalhendhoo Jetty Extension and Shore Protection Project. CEO @adamazim signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry. MP @MPahmedeasa graced the ceremony.… pic.twitter.com/F9PNqvFHel
— MTCC Plc (@MTCCPlc) May 4, 2023
ނ. މާޅެންދޫ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރ ޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
މޫސުން ގޯސް ދުވަސްވަރުގައި ރާޅު ބިންދާވަރުން މި ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ބަނދަރުން ލަފާފުރުމަކީ ވަރަށް ދަތި އުނދަގ ކަމަކަށް އޮޑިދޯނި ފަހަރުތަކަށް ވަނީ ވެފައެވެ. ބަނދަރު މާކަނޑަށް ހުޅުވިފައި އޮތުމުގެ ސަބަބުން މިހާރުވެސް ބައެއް އޮޑިދޯނިފަހަރު މ ސުން ގޯސް ދުވަސްވަރުގައި ކައިރިކުރަނީ ރަށުގެ ހުޅަނގު ފަރާތަށެވެ. ވީމާ، މި މަޝްރ އުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާއިރު ހުޅަނގު ފަރާތުގައި އޮޑިދޯނިފަހަރަށް ލަފާފުރުމަށް ބޭނުންކުރެވޭނެ ޖެޓީއެއް ތަރައްޤީ ކުރެވިގެން ދިޔުމަކީ މުސްތަޤުބަލުގައި މި ރަށު ރައްޔިތުންނަށް ދިމާވެފައިމިވާ ރަށްގިރުމުގެ ލަފާފުރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާ ން ކަމެއްގެ ގޮތުގައި މި ކުންފުނިން ޤަބ ލުކުރަމެވެ.
މި މަޝްރ ޢުގެ ދަށުން، 735,9 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 386 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 175 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މ ރިންގ ބޯއީސް ހަރުކުރުމާއި، 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، 928 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރ ޢަކީ 34.32 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރ ޢުއެކެވެ. މި މަޝްރ ޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
MTCC has signed an agreement with @MoNPHImv towards implementation of Adh. Dhigurah Shore Protection Project. CEO @adamazim signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry.#MTCCProjects #RayyithungeKunfuni pic.twitter.com/fjrU63eJta— MTCC Plc (@MTCCPlc) May 4, 2023
އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ދިގުރަށަކީވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކަށްވުމެވެ. އެގޮތުން މި ރަށުގެ ހުޅަނގު އުތުރުފަރާތަށް ބަލައިލުމުން ރަށްގިރުމުގެ ހިތާމަވެރި މަންޒަރު ފެންނައިރު، މި ހިސާބުން 6 މީޓަރުގެ ބޮޑު ސަރަހައްދެއް ގިރާފައިވާނެކަމަށް ކައުންސިލުން ލަފާކުރެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ. އެހެންކަމުން މިއަދު ސޮއެކުރެވިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން، މުސްތަޤުބަލުގައި މި ރަށު ރައްޔިތުންނަށް ދިމާވެފައިމިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މިއީ ހަމަގައިމުވެސް ފަތުރުވެރިކަމަށް ބަރޯސާވާ ދިގުރަށުގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި މި ކުންފު ނިން ދެކެމެވެ.
މި މަޝްރޫޢުގެ ދަށުން، 127 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 420 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ހަރުކުރުމާއި، 556,13 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 91.11 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.