މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
7 މެއި 2023 - 16:48
ދުވާފަރު މަގު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި
We have completed R. Dhuvaafaru Road Construction Project (Phase 2). The value of the project is MVR 40.20 million.#MTCCProjects #RayyithungeKunfuni @MTCCPlc @governmentmv @ibusolih @N4Isse11 pic.twitter.com/ak3IwH47c0— Adam Azim (@adamazim) May 4, 2023
- ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން ނިންމާލައިފި
- ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ތެރޭގައި
އެމްއެންޕީއަށް ފުރަތަމަ ފަހަރަށް ކައުންސިލްގެ ގޮނޑިއެއް
- މޯލްޑިވްސް ނޭޝަަނަލް ޕާޓީ (އެމްއެންޕީ) އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ކައުންސިލްގެ ގޮޑިއެއް އެޕާޓީން ކާމިޔާބުކޮށްފި
- މިއިންތިޚާބުގައި ވާދަކުރީ އެމްއެންޕީގެ ކެނޑިޑޭޓުގެ އިތުރުން، އަމިއްލަގޮތުން ވާދަ ކުރި ކެނޑިޑޭޓެއް
ތަމްރީން ޕްރޮގްރާމެއްގައި 50 ސިވިލް ސާވެންޓުން އިންޑިއާއަށް
A delegation of Civil Servants departed today to India to participate in the 22nd and 23rd batches (group 2) of the Capacity Building Programme in Field Administration, to be held from 08th to 19th May 2023.@NCGG_GoI pic.twitter.com/YSPpOGDwoL
— Civil Service Commission of the Maldives (@cscmaldives) May 6, 2023
- ދިވެހި ސިވިލް ސާވަންޓުންގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ތަމްރީން ދަތުރެއްގައި 50 ސިވިލް ސާވަންޓުން އިންޑިއާއަށް ފުރައިފި
- ދެ ހަފުތާގެ މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ދާނީ މާދަމާއިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް
ރާއްޖެއާ ޓުޓިކޮރިންއާ ދެމެދު ކޮންޓެއިނާ ޝިޕިންގެ ސީދާ ދަތުރުތައް ފަށައިފި
- ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު ކޮންޓެއިނާ އުފުލާ ބޯޓުގެ ސީދާ ދަތުރުތައް ފަށައިފި
- މިކަމަށް ބޭއްވި ބޭއްވި ރަސްމިއްޔާތުގައި އެ ޚިދުމަތް ފައްޓަވާދެއްވީ އިންޑިއާގެ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސްގެ ސްޓޭޓް މިނިސްޓަު ޝާންތަނޫ ޓާކޫރު
ފުރަތަމަ ފަހަރަށް ކޮރޮނޭޝަން ޙަފްލާގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
pic.twitter.com/m273yDsC5p— Maldives National Defence Force (@MNDF_Official) May 6, 2023
- އިނގިރޭސި ވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމީ ހަރަކާތްތަކުގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
- އެމްއެންޑީއެފްގެ 10 އޮފިސަރަކު ބައިވެރިވީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހި އަސްކަރިއްޔާ ތަމްސީލު ކުރުމަށް
ރިއެކްޝަންސް