![](https://www.plus.mv/wp-content/uploads/2023/05/Rectangle-217-1-800x468.jpg)
މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
9 މެއި 2023 - 15:45
ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓަށް އިސް ޤާޟީން ޢައްޔަންކޮށްފި
![](https://www.plus.mv/wp-content/uploads/2023/05/judy.jpg)
- ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށާއި، ކްރިމިނަލް ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން އައްޔަންކޮށްފި
- ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް އައްޔަންކުރީ އެކޯޓުގެ ޤާޟީކަމުގައި ހުންނެވި ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު
ޕެންޝަން ފައިސާއިން ޙައްޖަށް ގެންދިއުމުގެ ފުރުޞަތު ހުޅުވާލައިފި
![](https://www.plus.mv/wp-content/uploads/2023/05/umra.jpg)
- ޕެންޝަން ސްކީމްގެދަށުން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހުޅުވާލައިފި
- ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2019 އޮގަސްޓްގައި
ހުވަދޫގައި އާރުޓީއެލް ފަށަން ތައްޔާރުވަނީ
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 5 (ގއ. އަދި ގދ) ގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ގދ.ވާދޫ ކައުންސިލް އާއި ރަށުގެ އެކި މުވައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވައިފި.#connectingraajje pic.twitter.com/3UX2G8YVoG— Min.of National Planning, Housing & Infrastructure (@MoNPHImv) May 8, 2023
- ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ އަތޮޅުތަކުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް މަޝްވަރާތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށްޓަވައިފި
- ސަރުކާރުން ވިދާޅުވީ ހުވަދު އަތޮޅުގައި އަންނަ ޖުލައި މަހު ކުރީކޮޅު އާރްޓީއެލް ފެރީގެ ޚިދުމަތް ފަށްޓަވާނެ
ހުޅުދުއްފާރު މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދަށުން
![](https://www.plus.mv/wp-content/uploads/2023/05/isle-1024x557.jpg)
- މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަޙައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި ފަސް މަގު
- މިމަސްރޫޢުގެ ދަށުން އެރަށުގައި 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޭބިޔޫ މީޑިއާ ސަމިޓު ފަށައިފި
— ABU (@ABU_HQ) May 9, 2023
The 7th ABU Media Summit on Climate Action and Disaster Prevention has officially started in the beautiful Maldives! Over two days, attendees will also focus on sustainable tourism, a crucial industry for the Maldives and many other Asia-Pacific countries. #ABUMediaSummit pic.twitter.com/eysN7FSaBH
- ހަތްވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފި
- މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ
ރިއެކްޝަންސް