އަހަރެމެންގެ ސިކުނޑިއާއި ހަށިގަނޑާއި ގުޅިފައިވާ ގޮތް

10 މެއި 2023 - 15:52

އަހަރެމެންގެ ހަށިގަނޑާއި ސިކުނޑިއާއި ހުންނަ ގުޅުން ދިރާސާކުރާތާ އެތައް ގަރުނެއްވެއްޖެ އެވެ. މި ޒަމާނުގެ ސައިންސްއަށް އައި ކުރިއެރުމާއި ސިކުނޑިއާއި ހަށިގަނޑުގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ވަނީ ދިރާސާކުރެވިފައެވެ. 

އަހަރެމެންގެ ވިސްނުމާއި ޚިޔާލާއި އިހްސާސް އަދި އުޅުމުން ނަފްސާނީ އަދި ސިއްހީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. އަދި މި  ގުޅުން ދެނެގަތުމަކީ އުފާވެރި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ ކަމެކެވެ.

advertisement
  • ހަށިގަނޑާއި ސިކުނޑީގެ ގުޅުން – ސިކުނޑިއާއި ހަށިގަނޑު އަބަދުވެސް ގުޅިފައިވާއިރު، މި ދެފަރާތުން އަބަދުވެސް މުވާޞަލާތު ކުރަމުންދެއެވެ. މިސާލަކަށް މީހަކު ސްޓްރެސް ވުމުން ސިކުނޑިން ހޯރމޯންތައް ދޫކޮށްލާއެވެ. އެއީ ހިތުގެ ހިނގުން އަވަސްވެ،  ނޭވާ ކުރުވުން ފަދަ ކަންކަން އިހްސާސްވާނެއެވެ. އަދި ހިތާމައާއި ބަނޑުހައިހޫނުވުން ފަދަ ޖިސްމާނީ އިޙްސާސްތަކުގެ ސަބަބުން ވެސް ވިސްނުމާއި ޖަޒުބާތައް އަސަރުކުރެއެވެ.
  • ދަ އޮޓޮނޮމިކް ނާރވަސް ސިސްޓަމް – ހިތުގެ ހިނގުން ނޭވާލުމާއި، ހަޖަމުކުރުން ފަދަ ހަށިގަނޑުގެ އަމިއްލަ އިހްތިޔާރުގައި ނުހުންނަ ގިނަ މަސައްކަތްތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އުފުލަނީ އޮޓޮނޮމިކް ނާރުތަކުގެ ނިޒާމެވެ. އެއީ ދެ ގޮފިއަކަށް ބަހާލެވިފައިވާ އެއްޗެކެވެ.ސިންޕެތެޓިކް ނާރވް ސިސްޓަމް: މިއީ ސްޓްރެސްވާ ވަގުތު އެމީހާއަށް އަންނަ ބަދަލު ބޮޑު ކުރުމަށް މަސައްކަތްކުރެއެވެ. ޕެރަސިމްޕެތެޓިކް ނާރވަސް ސިސްޓަމް މީހާ ރިލެކްސްކޮށް އިހްސާސްތައް ރަނގަޅުވުމަށް މަސައްކަތް ކުރެއެވެ.
  • ދުޅަހެޔޮކަމަށް ސިނކުޑިއާއި ހަށިގަނޑުގެ ގުޅުން – ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑިއާއި ހަށިގަނޑުގެ ގުޅުމަކީ މީހާގެ ސިއްކީ ދުޅަހެޔޮކަމަށް ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިސާލަކަށް ދިގުދެމިގެންދާ ސްޓްރެސް އަކީ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުން، އަދި ޑިޕްރެޝަން ފަދަ ސިއްހީ މައްސަލަތަކާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވިފައިވެ އެވެ.

ހަށިގަނޑާއި ސިކުނޑީގެ ހަމަޖެހުމަކީ މިހާގެ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. އެގޮތުން ރަނގަޅު ކާނާ ކެއުމާއި، ރަނގަޅަށް ނިދުމާއި ގަވާއިދުން ކަސްރަތުކުރުމަކީ ސިކުނޑިއާއި ހަށިގަނޑު ގެ ދުޅަހެޔޮކަމަށް މުހިންމުކަމެކެވެ. މީގެ އިތުރުން ސްޓްރެސް ކުޑަކުރުމަށް މެޑިޓޭޓް ކުރުމާއި،ހިތްހަމަޖެހޭ މަސައްކަތެއް ކުރުމަކީ ވެސް މުހިންމުކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0