
މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
11 މެއި 2023 - 17:17
ސްކޫލް ދަރިވަރުންނަށް ޚާއްޞަ ބަސް ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި
ސްކޫލް ދަރިވަރުންނަށް ޚާއްޞަ ބަސް ދަތުރުތައް ފެށުމަށްޓަކައި @MTCCPlc އާ މިނިސްޓްރީގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާކުރެއްވުން. pic.twitter.com/wYO915uXyX— Ministry of Education (@MoEdumv) May 11, 2023
- ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ސްކޫލް ކުދިންނަށް ޚާއްޞަ ބަސް ދަތުރުތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެކު މަޝްވަރާކޮށްފި
- މީގެ ކުރިން ވެސް ބާރުބޮޑު ގަޑިތަކުގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން އެމްޓީސީސީން ބަސްދަތުރު އިތުރުކޮށްފައިވޭ
ފުލުހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: ސީޕީ

- ދިވެހި ފުލުހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބުނެފި
- މިހެން ބުނީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބ.އޭދަފުށީގައި ބޭއްވި ޚާއްސަ ޑިނަރ ނައިޓުގައި ވާހަކަ ދައްކަވަމުން
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

- އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި
- އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިބި މެންބަރުންގެ ތެރެއިން ޢަލީ ނަޝާތުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ
ށ.ފޭދޫ ބަނދަރަށް ޖާގަ އިތުރުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ
We have completed Sh. Feydhoo Harbor Development Project.#MTCCProjects #RayyithungeKunfuni @MTCCPlc @ibusolih @governmentmv pic.twitter.com/WYFzn0i1aM
— Adam Azim (@adamazim) May 10, 2023
- ށ.ފޭދޫ ބަނދަރަށް ޖާގަ އިތުރުކޮށް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފި
- މި މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން
ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ރައީސްގެ ދެކަނބަލުން ބަލައިލައިފި

- ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް)ގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ރައީސްގެ ދެކަނބަލުން ބަލައިލައިފި
- މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ރިޒޯޓްތަކާއި ހޮޓާތަކުން ޖުމްލަ 500 އަށްވުރެ ގިނަ ޝެފުން ބައިވެރިވި
ރިއެކްޝަންސް