
މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
13 މެއި 2023 - 17:03
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިޢުލާންކުރީ ބިން އޮތްކަން ޔަގީންކުރުމަށްފަހު: މިއުވާން

- ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ސްކީމް އިއުލާންކުރެއްވީ، އެކަމަށް ބެނުންވާ ބިން އޮތްކަން ކަށަވަރު ކުރުމަށްފަހުކަމަށް މިއުވާން މުޙައްމަދު ބުނެފި
- މިއުވާން މިހެން ބުނީ، ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ގޯތި ދޭނެ ބިން ނެތިގެން ހުޅުމާލޭގެ ފަޅު ހިއްކަން ސަރުކާރުން މަސައްކަތްކުރައްވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން
އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ އެންމެ އިސްކަންދެއްވާކަންތައް: ނާއިބު ރައީސް

- އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭކަންތައް ކަމުގައި ފައިޞަލް ނަސީމް ބުނެފި
- މިހެން ބުނީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަ ދައްކަމުން
ކުވައިތު ފަންޑުގައި އަޅާ 7 ހޮސްޕިޓަލްގެ މަސައްކަތް ހަފްތާއެއްތެރޭ ހަވާލުކުރާނަން: ރައީސް

- ކުވައިތު ފަންޑުގެ އެހީގައި ތަރައްޤީކުރާ 7 ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ބުނެފި
- އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި އެއްވަރަށް، ޚިދުމަތްތައް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދާކަމަށްވެސް ބުނި
އެމްޓީސީސީން ހިއްސާގެ ފައިދާގެ ގޮތުގައި 32 މިލިއަން ރުފިޔާ ބަހަނީ
We are excited to announce the publication of our 2022 Annual Report, proposing a total Dividend of MVR 32.15 million, the highest dividend declared in our illustrious 42-year history.
2022 yet again was a transformational financial year for MTCC Plc towards realizing our… pic.twitter.com/TjEWIOMsMA— MTCC Plc (@MTCCPlc) May 11, 2023
- އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި
- މިއީ އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ވެސް ހިއްސާދާރުންނަށް މިހާ ބޮޑު އަދަދެއް ބެހުމަށް ހުށަހަޅާ ފުރަތަމަ ފަހަރު
ހުޅުމާލެއިން ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ ތަނެއް ނޫން، އިސްލާހުކޮށްދީ: މުއިއްޒު
ހުޅުމާލެ ފަޅުތެރެ ހިއްކަން އުޅޭ ޚަބަރަކީ ތެދު ޚަބަރެއްނަމަ، ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން:
— Dr Mohamed Muizzu (@MMuizzu) May 11, 2023
1. މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް. ނަމަވެސް، އެކަން ކުރަންވާނީ އެހެން… pic.twitter.com/cBm7xgO2df
- ހުޅުމާލެ އިން އިތުރަށް ހިއްކަން އުޅެނީ އާބަންކޯގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ނުވާތީ އެ ކަން އިސްލާހު ކޮށްދިނުމަށް މުހައްމަދު މުއިއްޒު އެދެފި
- އޭނާ ބުނީ ގާނޫނާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަަމަށް
ރިއެކްޝަންސް