ގެދޮރުގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނުކުރެވޭނެ: ޕެންޝަން އޮފީސް

17 މެއި 2023 - 15:16

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ މެންބަރުން ގެދޮރު ގަތުމަށް ނަގާ ލޯނުގެ ސެކިޔުރިޓީ ޑިޕޮސިޓުގެ ގޮތުގައި، މެންބަރުންގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ރަހުނު ކުރެވޭނެކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ރަހުނު ކުރެވޭނީ މި ޝަރުތުތައް ހަމަވާ މެންބަރުންނަށެވެ.

  • އެމް.އާރަ.ޕީ.އެސްގެ މެންބަރެއްކަމުގައިވުން
  • އުމުރުން 60 އަހަރުން ދަށުގެ މެންބަރެއްކަމުގައިވެން
  • އުމުރުން 65 އަހަރު ވުމުގެ ކުރިން ލޯނު ދައްކާ ހަލާސް ކުރެވޭނެ މެންބަރެއް ކަމުގައި ވުން
  • ސްކީމުގައި ބަވެރިވާ  ފައިނޭންޝަލަސް އިންސްޓިޓިއުޝަނަކުން، ގެދޮރުސަތުމަށް ލޯނު ހަމަޖެހިފައިވާ މެންބަރަކަށްވުން

ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ރަހުނު ކުރެވޭނެ އަދަދު ކަނޑައަޅަނީ ރަހުނު ކުރުމަށް ހުށަހަޅާ މެންބަރެއްގެ އުމުރުން އުމުރަށް ބިނާކޮށެވެ. އެގޮތުން 

  • އުމުރުން 35-16: އެކައުންޓުގައި ހުރި އަދަދުގެ %100
  • އުމުރުން 49-36: އެކައުންޓުގައި ހުރި އަދަދުގެ %80
  • އުމުރުން 60-50: އެކައުންޓުގައި ހުރި އަދަދުގެ %50

މި ސްކީމުގެ ދަށުން ގެދޮރު ސަތުމަށް ލޯނު ހަމަޖައްސަން ވަނީ އެހިދުމަތް ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހަކާއެކު އެއްބަސްވުން ގާއިމު ކޮށްފައިވާ މުއައްސަސާއަކުންނެވެ.

އިތުރު މައުލޫމަތު ހޯދުމަށް ޕެންޝަން މޯބައިލް އެޕްލިކޭޝަނުންނާއި ޕެންޝަން އޮފީހުނެ ވެބްސައިޓުން ވެސް ލިބޭނެއެވެ.

ރިއެކްޝަންސް
0
1
1
5
0
1
2