![](https://www.plus.mv/wp-content/uploads/2023/05/0-45-800x468.jpg)
ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުނީގެ ތެރޭގައި އުރީދޫ
22 މެއި 2023 - 13:39
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަށް ދޭ އެވޯޑު، “ގޯލްޑް 100” އުރީދޫއަށް ލިބިއްޖެ އެވެ.
![](https://www.plus.mv/wp-content/uploads/2023/05/DSC05090-1024x683.jpg)
މިދިޔަ އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި އަހަރުގެ ގޯލްޑް 100 ގާލާގައި އުރީދޫގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ، އުރީދުގެ ސީއީއޯ ހާލިދް އަލް ހަމަދީއެވެ. މިއީ އުރީދޫއިން މި އެވޯޑް ހާސިލްކުރި ހަތްވަނަ އަހަރެވެ.
![](https://www.plus.mv/wp-content/uploads/2023/05/293355_e584f98a-c_-1024x682.jpg)
މިއަހަރު އުރީދޫގެ ހިދުމަތަށް 18 އަހަރު ފުރޭއިރު، ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި އުރީދޫއިން ވަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެތައް މަސައްކަތެއް ކޮށްފައެވެ. މީގެ އިތުރުން އިނޮވޭޓިވް ޑިޖިޓަލް ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ތައާރަފްކުރުމަށް އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖޭގެ ޓެލެކޮމް އިންޑަސްޓްރީއަށް އިންގިލާބީ ބަދަލުތަކެއްވެސް ގެނެސްފައެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤްބަލެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށެވެ.
“ގޯލްޑް 100” އަކީ އެވޯޑަށް ކުރިމަތިލާ ކުންފުނިތައް ބެލުމަށްފަހު، ރާއްޖޭގައި އެންމެ ފާހަގަކުރެވޭ 100 ކުންފުންޏަކަށް ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދިން ހަތް ވަނަ ފަހަރެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.