
މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
22 މެއި 2023 - 16:27
ކުޅިވަރާއި ތަޢުލީމުގެ ދާއިރާއިން ޗައިނާގެ ޔުނާން ޕްރޮވިންސާއެކު ދެ އެއްބަސްވުމެއް
Maldives and Yunnan Province signs Two Agreements During the Governor of the People’s Government of Yunan Province’s Official Visit to the Maldives
Press Release | https://t.co/xjIHCaiuYN pic.twitter.com/6gy8w81r3T— Ministry of Foreign Affairs
(@MoFAmv) May 21, 2023
- ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ދިނުމަށް ޗައިނާގެ ޔުނާން ޕްރޮވިންސްއާއެކު ދެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފި
- މި އެއްބަސްވުންތަކުގައި ސޮއިކުރީ، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ ރާއްޖެއަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން
އެމްއެންޔޫއަށް ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކެއް އެކުލަވާލުމަށް ހަވާލުކޮށްފި
ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑާޑް އެކުލަވާލުމަށް މި މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފި. 387،000 ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/PNmXmWuSTK
— Min.of National Planning, Housing & Infrastructure (@MoNPHImv) May 22, 2023
- ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑާޑް އެކުލަވާލުމަށް މި މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފި
- މި މަސައްކަތް ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ރިޓަޔަރކޮށްފި
35 އަހަރަށްވުރެ ގިނަދުވަހު ކުރެއްވި އިޚުލާސްތެރި ޚިދުމަތަށް ފަހު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި.https://t.co/6r90Z7K4Zt pic.twitter.com/8pxaiejWwf— Maldives National Defence Force (@MNDF_Official) May 22, 2023
- ތިރީސް ފަސް އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވުމަށްފަހު، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު، ސިފައިންގެ ޚިދުމަތުން ރިޓަޔަރކޮށްފި
- މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ
ދިގުރަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން

- އދ. ދިގުރަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮއްސި
- މި މަޝްރޫއަކީ 50.02 މިލިއަން ރުފިޔާގެ މަޝްރޫއެއް
ރަށްރަށުގައި އާރޓް ގެލެރީތަކާއި މިއުޒިއަމްތައް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ޔުމްނާ

- އަތޮޅުތަކުގެ ރަށްރަށުގައި އާރޓް ގެލެރީތަކާއި، އެ ރަށެއްގެ ތާރީހު ދައްކައިދޭފަދަ މިއުޒިއަމްތައް ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޔުމްނާ މައުމޫން ބުނެފި
- މިނިސްޓަރ ބުނީ ފަންނުވެރިކަމުގެ ފުރުސަތުތައް ހަމައެކަނި ފަހިވެފައި އޮންނަންޖެހެނީ މާލެ ސަރަޙައްދުގައިކަމަށް ގަބޫލު ނުކުރާކަމަށް