![](https://www.plus.mv/wp-content/uploads/2023/05/Rectangle-225-800x468.jpg)
މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
24 މެއި 2023 - 16:35
މެންބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލައިފި
![](https://www.plus.mv/wp-content/uploads/2023/05/EiLMG_5UwAUMoz4-1024x802.jpeg)
- ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައިފި
- އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ބުނީ ޕާޓީ އުވާލީ 3،000 މެންބަރުން ހަމަނުވާތީ ކަމަށް
ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް ލޯނަށް ހުޅުއްވާލައްވައިފި
![](https://www.plus.mv/wp-content/uploads/2023/05/Stella-Fishing-1-1600x765-1-1024x490.jpg)
- މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބޭނުންވަ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުޅުވާލައިފި
- މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެއްވުމަކީ މި ޕްރޮޖެކްޓްގެ މަގްސަދެއް
އަމީނީ މަގުގެ އިތުރު ހަތަރު ސެގްމަންޓްގައި ތާރުއެޅުން ބުރާސްފަތި ދުވަހު
![](https://www.plus.mv/wp-content/uploads/2023/05/d9ekc885-1024x683.jpg)
- އަމީނީ މަގުގެ ބިލަބޮންގް ސްކޫލާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ކުރާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ހާމަކޮށްފި
- މިއީ އަމީނީ މަގުގައި ސްޓެލްކޯއިން ފަށައިގެން ބިލަބޮންގް ސްކޫލާ ހަމައަށް ހިމެނޭ ސަރަހައްދު
ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފި. 66,695,528.52 ރުފިޔާ އަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/Yr2f6yGALW— Min.of National Planning, Housing & Infrastructure (@MoNPHImv) May 24, 2023
- ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފި
- މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި ނިންމުމަށް
ވެށިފަހި ފްލެޓްތައް މަރާމާތުކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި
![](https://www.plus.mv/wp-content/uploads/2023/05/1060055-1024x768.jpg)
- ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވެށިފަހި ފްލެޓްތަކުގެ މަރާމާތު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް އާބަންކޯއިން ބުނެފި
- މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެ ފާރުގައި ކުލަ ލައި، ފުލެޓުތަކުގެ ރެނދު ބެއްދުމުގެ މަސައްކަތްތައް ވަނީ ނިންމާލާފަ
ރިއެކްޝަންސް