މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

30 މެއި 2023 - 18:01

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީގެ ހިދުމަތް ދެއްވަން ތައްޔާރުވަނީ

  • ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ ޚިދުމަތް ޤާއިމުކުރެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފަށްޓައިފި
  • މި ހިދުމަތް ގާއިމުކުރެއްވުމަށްޓަކައި، ފުވައްމުލަކު ހޮސްޕިޓަލްގެ އިމާރާތަށް ގެންނަންޖެހޭ ބައެއް ބަދަލު ގެނުމަށް ވަނީ ހަވާލުކޮށްފަ

ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީވުމަށް އެޗްޑީސީން އައިއޭސީއާއެކު އެއްބަސްވުމެއް

  • ހާލުގައި ޖެހިފައިވާ ގާއުމުތަކާއި، ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އެޗް.ޑީ.ސީއާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
  • މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް

އަމީނީމަގުގެ ބޮޑުބައެއްގައި ތާރުއަޅާ ނިންމާލައިފި

  • އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އެ މަގުގެ ބޮޑުބައެއްގައި ތާރުއަޅާ ނިންމާލައިފި
  • ސްޓެލްކޯއިން ފެށިގެން އަމީނީ މަގު އޮޑިގައްލާ ކެފޭއާ ހަމައަށް ތާރުއަޅަން ފަށާފައިވަނީ މިދިޔަ ހުކުުރު ދުވަހު

ހިނގާ މީހުންނަށް ހާއްސަ މަގުހުރަސް ބައްތިއެއް ސެނަހިޔާ ކައިރީގައި ހަރުކުރަނީ

  • ހުޅުމާލޭގެ މަގުތަކުގައި އެޗް.ޑީ.ސީއިން ހަރުކުރާ ފަދަ މަގުހުރަސް ބައްތިއެއް މާލޭގައިވެސް ހަރުކުރުމަށް ނިންމައިފި
  • ޕެޑެސްޓްރިއަން ކަރޮސިން ލައިޓް ނުވަތަ މަގުހުރަސް ބައްތިއަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ލައިޓްތަކެއް

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހާއްސަ އިންވެސްޓަރ ކޮންފަރެންސް އަންނަމަހު

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހާއްސަކުރައްވައިގެން ބާއްވަވަމުން އަންނަ އިންވެސްޓަރ ކޮންފަރެންސް އަންނަ މަހު ބޭއްވެވުމަށް ނިންމަވައިފި
  •  މި ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 7 އިން 8 އަކަށް ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި
ރިއެކްޝަންސް
0
0
0
0
0
0
0