ދަރިފުޅަށް ވާހަކަ ކިޔައިދިނުމުން ނަފްސާނީ ދުޅަހެޔޮކަމަށް ރަނގަޅު އަސަރުކުރޭ

1 ޖޫން 2023 - 11:52

ކުޑަކުދިން ވާހަކަ ކިޔުމަށް ވަރަށް ލޯބިކުރެއެވެ. އެއީ ނިދުމުގެ ކުރިން އެމީހުން ހަމަޖެހިލުމަށް ހަމަޖެހިލަން އެހީތެރިވެދޭ އަދި ނަފްސާނީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިބިގެންދާ ކަމެކެވެ. މިއީ ދަރިފުޅުގެ އާއްމު ދިރިއުޅުމުގައި ކިޔުން ހިމެނުމުގެ ބައެއް މުހިންމު ކަންތައްތަކެވެ.

ފޮތް ކިޔާމީހުނަށް ވުމުގެ ފުރުސަތު

ކުޑަކުދިނަނަށް ފޮތް ކިޔައިދިނުމަކީ އެމީހުން އަމިއްލައަށް ކިޔުންތެރިންނަށް ވުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފޮތް ކިޔުމާއި ދުރު ކުދިންންގެ އުޅުމަށް ނޭދެވޭ އަސަރު ކުރުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާނެއެވެ. މި ދެކަމަކީވެސް ކިޔެވުމަށް ބުރޫއަރާނެ ކަމެކެވެ. ދަރިފުޅު ފޮތްކިޔުމަށް އަހުލުވެރިކުރުވުމަކީ ކިޔެވުމަކީ އުފާވެރި ކަން ގެނެސްދޭ ކަމަކަށް ވުމެވެ.  ޅަ އުމުރުގައި ފޮތްކިޔަން ފެށުމުން ކިޔެވުމަށް އެޅޭ އެންމެ ފުރަތަމަ ބިންގާ ކަމަށްވާ ލަފުޒުތަކާއި އަޑުތައް ދެނެގަތުމަށް ކުދިންނަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އުމުރުން ދުވަސްވާވަރަކަށް ދަރިފުޅު އަމިއްލައަށް އެ ބަސްތައް ދެނެގަންނަން ފަށާނެއެވެ.

advertisement

އެހެންމީހުންގެ އިހްސާސްތައް ދެނަގަތުން 

ކުޑަކުދިންގެ ފޮތް ތަކުގައި މީގެ ކުރިއާ އަޅާބަލާއިރު ދިރިއުޅުމުގެ ވަރަށް ގިނަކަންކަން އެކުލެވޭ ގިނަ ފޮތްތައް ހުރެއެވެ. ދަރިފުޅަށް ދިމާވެދާނެ ހުރިހާ ކަމެއްގެ ވާހަކަތައް ހުރެއެވެ. އެގޮތުން ވާހަކަތަކުގައި ހުންނަ ކަންކަމުގެ ތެރޭގައި ކުދިންނަށް ދިމާވާ ބުލީ ކުރުމާއި، ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހުމާއި، ނުވަތަ މައިންބަފައިން ވަރިވުމެވެ. މި ފޮތްތަކާއި ވާހަކަތަކުގެ ތެރެއިން ކުއްޖާއަށް އެހެން މީހުންނަށް އިހުސާސް ކުރެވޭ ގޮތް ދަސްވެ، އެހެން މީހުންނަށް އިހުސާސް ކުރެވޭ ގޮތް ދެނެގަތުމުން އެކަނިވެރިކަން ކުޑަވެގެން ދިއުމާއި އެކު އެހެން މީހުންނަށް އިހުސާސް ކުރެވޭ ގޮތް ވިސްނެއެވެ.

ފޮތް ކިޔުމުން ދުނިޔޭގެ ހުރިހާތަނަކަށް ލޯހުޅުވޭ 

ފޮތް ކިޔުމަކީ އެކި ގައުމުތަކުގެ އާދަކާދަ ދަސްވެ، އެކި މީހުންނަށް އިހްތިރާމް ކުރުމަށްވެސް ދަސްވާ ކަމެކެވެ. އެގޮތަށް ދަސްވަނީ ވާހަކަ ތަކުގައި ހުންނަ ކެރެކްޓަރ ތަކުންނެވެ. މިސާލަމަށް މުސަޅު، އަސްދޫނި، ކުކުޅު މި ފަދަ ޖަނވާރުންގެ ވެސް ހުންނަ މިޒާޖާ އެތަކެތި ކަންކުރާ ގޮތް ކުދިން ކުޑައިރު ދަސްކުރާނެއެވެ. އެ ތަފާތު އެނގޭނެއެވެ. އެހެން ވުމުން ބޮޑުވެގެން އެހެން ކަންކަމަށް ލޯހުޅުވިގެންދާނެއެވެ. ދުނިޔެއާއި އެތަންތަނުގައި ތިބި މީހުން މަސައްކަތްކުރާ ގޮތް–މީހުން އެކަކު އަނެކަކަށް ރިއެކްޓްކުރާ ގޮތް ނުވަތަ ހާލަތްތައް މައްސަލަތަކަށް ބަދަލުވާ ސަބަބު ވިސްނެން ފަށައެވެ. އަދި އެކަން ހައްލުކުރަން ވެސް ދަސްވާނެއެވެ.

ކިޔެވުމުން ސަމާލުކަން ދޭ މިންވަރު އިތުރުވުން

ޓެކްނޮލޮޖީގެ ސަބަބުން ކުދިންގެ ސަމާލުކަން އެހެން ކަންކަމަށް ކުޑަވާކަމުގެ ކަންބޮޑުވުން އޮވެއެވެ. ވީޑިއޯ އަށް ކުދިންގެ ޝައުގުވެރިކަން ހުންނަމިންވަރަށް ވުރެ ފޮތަށް ހުންނަ ޝައުގުވެރިކަމުގެ ވަގުތު އިތުރުވެއެވެ.  ފޮތް ކިޔުމުން ޚިޔާލުތައް އަލިކޮށްދީ، ދުނިޔެ އަށް ލޯހުޅުވި ގިނަ އިރުވަންދެން ފޯކަސް ކުރަން ދަސްކުރުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން ފޮތް ކިޔުމަކީ ކުއްޖާގެ ބަސްކޮށާރު މުއްސަނދިވާކަމެކެވެ.

.އެހެންކަމުން ދަރިފުޅު ނިދާގަޑީގައި ވާހަކަ ކިޔަން ޝައުގުވެރިވާނަމަ އެކަން ކުރަމުންގެންދާށެވެ

ރިއެކްޝަންސް
0
2
0
0
0
0
0