މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

1 ޖޫން 2023 - 18:21

ހޮޅުދޫ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

  • ނ. ހޮޅުދޫ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
  • މި މަޝްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހަވާލުކުރީ އާރް.ޑީ.ސީއާ

ފަނަރަ މީހުންނާއެކު ދަތުރުކުރި ބޯޓަކަށް ރާޅެއް އަރައި އަޑިޔަށް ހިނގައްޖެ

  • މާލެއިން ފުރައިގެން 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓަކަށް ރާޅެއް އަރައި އަޑިއަށް ހިނގައްޖެ
  • މި ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށް އެމްއެންޑީއެފްގެ ކޯސްޓްގާރޑުން އެމީހުން ވަނީ ބ. އޭދަފުށްޓަށް ގެންގޮއްސަ

އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި

  • އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ޙަމަލާދީ ޒުވާނަކު މަރާލައިފިއެވެ. ރޭ މަރަދޫފޭދޫގައި ހިނގި މާރާމާރީގައި މަރުވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް
  • ފުލުހުން ބުނީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ޙަމަލާދީ މާރާމާރީ ހިންގައިފައިވާކަމުގެ ރިޕޯޓް ރޭ 23:38 އެހާއިރު ލިބިފައިވާ ކަމަށް 

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހަޅައިފި

  • ޑިމޮކްރެޓްސް ޕާޓީއަށް ވަނުމަށް ސޮއިކޮށްފައިވާ 3560 ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ރަޖިސްޓްރީކުރަން ވަނީ ހުށަހަޅާފަ
  • ފޯމުތައް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް

ސިޓީ ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން ދެ ބިން

  • އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން ގެންދިޔަ ސިޓީ ހޮޓަލުގެ ބަދަލުގައި އެ ކުންފުންޏަށް 2 ބިމެއް ދޭން އެޗްޑީސީން ނިންމައިފި
  • އެސްޓީއޯއިން 2012 ވަނަ އަހަރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަން ފެށި ސިޓީ ހޮޓަލުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓުމަކަށް އައިސްފައި
ރިއެކްޝަންސް
0
0
0
0
0
0
0