ތުއްތު ކުދިންގެ ގައިގައި ހުމާއި ރޯގާގެ އަލާމާތްތައް ފެނުމުން ޑޮކްޓަރަށް ގުޅަންވީ ވަގުތު

3 ޖޫން 2023 - 15:17

ހަމަސް ނުވާ ތުއްތު ކުއްޖެއްގެ ގައިން ހުން ނުވަތަ ރޯގާގެ އަލާމާތް ފެނުމަކީ ބިރުގަންނަ ކަމެކެވެ. އެއީ އެމީހުންގެ ދިފާޢީ ނިޒާމް ބަލިކަށިކަމުންނެވެ. ހުމާއި ރޯގާއިން ދިފާޢުވުމަށް ވެކްސިންވެސް ޖެހޭނީ ހަމަސް ވުމުން ކަމަށްވާތީއެވެ.

ނަމަވެސް ކުދިންގެ ކިބައިން ރޯގާ އަދި ހުމުގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކަންވީ ވަގުތު މިއާޓިކަލްގައި ކިޔައިދޭނަމެވެ.

advertisement

ތުއްތު ކުދިން ރޯގާ ޖެހުމުން ގިނަ ފަހަރަށް ހުން އައިސް ހުމުގެ އަސަރު ކުއްލިއަކަށް ބޮޑުވެއެވެ. އަދި ދޭތެރެ ދޭތެރެއިން ބޭރަށްހިންގުން ނުވަތަ ހޮޑުލުން ވެސް އެކަށީގެންވެއެވެ. މި ގޮތަށް ހުންއައުމުން ކުޑަކުދިން ބޮޑާހާކާނެއެވެ.

ކުޑަކުދިންނަށް ހުމުގެ ރޯގާ ޖެހުމުން ފެންނާނެ އަލާމާތްތައް:

  • ނޭފަތް ބެދުން
  • ކެއްސުން
  • ނޭފަތުން ފެންއައުން
  • ހުން ގަދަވުން
  • ފިނިވެ ހީކެރުވުން
  • ކަރުދުޅަވުން
  • ގޭސްވެ، ހޮޑުވާ ބޭރަށް ހިންގުން

މާބަނޑު ދުވަސްވަރު ވެކްސިން ޖަހާފައިވާނަމަ، އެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަންމަގެ އެންޓިބޮޑީސް އިން ދަރިފުޅުގެ ހުންއައިސް ބޮޑުވަރުމުގެ ފުރުސަތު %41 ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. “މާބަނޑު ދުވަސްވަރު ދޭ ފްލޫ ޝޮޓަކީ މާބަނޑު މައިމީމާ ހުން/ރޯގާ އިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫން ކަމަށާއި، ވިހެއުމަށްފަހު އެތައް މަހެއް ވަންދެން، ވެކްސިން ޖަހަންޖެހޭ އުމުރާޢި ހަމއަށް ތުއްތު ކުދިން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އިންކޮށްފައިވާ ދިރާސާއަކުން ދައްކައެވެ.

ސީޑީސީން ލަފާދޭގޮތުގައި ތުއްތު ކުދިންނަށް ވެކްސިން ޖެހޭނީ ހަ މަސްވުމުން ކަމަށްވާތީ، އެކުގައި އުޅޭ އެންމެން ވެކްސިން ޖަހުމަކީ ރައްކާތެރިކަމެކެވެ. އަދި ހުމާޢި ރޯގާ އިން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން އަތްދޮވެ ބަލި ޖެހިފައިވާ މީހުނާއި ކައިރި ނުވުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ.

ޑޮކްޓަރަށް ދައްކަންވީ ކޮންއިރަކު

ތުއްތު ކުއްޖާ ހުންގަދަވެއްޖެ ނަމަ ހަމަ އެދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކާށެވެ. އަދި ހުމާއި އެކު ނޭފަތުން ފެން އަންނަ ނަމަ ޑޮކްޓަރަށް ދައްކާ ޓެސްޓްހަދާ ޔަގީންކުރާށެވެ. ޑޮކްޓަރު ދޭ ބޭސް ރަނގަޅަށް ބޭނުންކުރުމަކީ ދިމާވެދާނެ ނުރައްކަލކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ.

ފްލޫގެ އެންމެ އާންމު އެއް ނުރައްކަލަކީ ނިއުމޯނިއާ އެވެ.  މިއީ ނޭފަތާއި ކަރުތެރެއިން ފްލޫ ގެ ވައިރަސް ފުއްޕާމޭއަށް ގޮސް ނުވަތަ ބެކްޓީރިއަލް އިންފެކްޝަނެއް އުފެދިގެން ދިއުމުންނެވެ.

ރިއެކްޝަންސް
2
1
1
11
1
1
1