އުމުރާއި ގުޅޭގޮތަށް ކުޑަކުދިން ގޭތެރޭގެ ކަންކަން ކުރުވާނެ ގޮތްތައް

5 ޖޫން 2023 - 15:14

ކުޑަކުދިންލައްވާ ގޭތެރޭގެ ކަންކަން ކުރުވުމަކީ ވަރަށް ގިނަ މައިންބަފައިންނަށް ކުރުވަން އުނދަގޫ ކަމެކެވެ. އަހަރެންގެ ދަރިފުޅުލައްވާ ގޭތެރޭގެ ކަންކަން ކުރުވާނީ ކިހިނެތް؟ މަގޭ ދަރިފުޅު ގޭތެރޭގެ އެއްވެސް ކަމެއް ކުރަން ބޭނުން ނުވަނީ ކީއްވެ؟ މިއީ ވަރަށް ގިނަ ބެލެނިވެރިންނަށް އަމިއްލައަށްވެސް ކުރެވޭ ސުވާލުތަކެވެ. 

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި ކުދިންލައްވާ ގެތެރޭގެ ކަންކަން ކުރެވޭނީ ކުޑައިރުން ފަށައިގެން ކުދިންލައްވާ ބުނެގެން ގޭތެރޭގެ ކަންކަން ކުރުވައިގެންނެވެ. ކުއްޖާގެ އުމުރުން ސޯޅަ އަހަރު ފަހުން ގޭތެރޭގެ ކަންކަން ކުރުވަން އަލަށް ބުނަން ފެށުމަކީ އެކުދިން ލައްވާ ގޭތެރޭގެ ކަންކަން ކުރުވުމަށް ދިމާވެދާނެ ގޮންޖެހުމެކެވެ. ބައެއް މާހިރުން ލަފާދޭ ގޮތުގައި ކުއްޖާގެ އުމުރުން އަށާރަ މަހުން ފެށިގެން ކަންކަން ކުރަން ބުނަންޖެހެއެވެ. 

advertisement

ސައިކޮލޮޖިސްޓުން އަދި ކުޑަކުދިންގެ ހެދިބޮޑުވުމާއި ގުޅޭ ޚާއްސަ ޑޮކްޓަރުން ލަފާދޭގޮތުގައި ކުޑައިރުން ފެށިގެން ކަންކަން ކުރުވުމަކީ ސިކުނޑީ ހެދިބޮޑުވުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. 

ބާރަ މަހާ އަށާރަމަހާ ދޭތެރޭ ކުރުވޭނެކަންކަން 

ކުޑަކުއްޖާ ހެދިބޮޑުވުމުގައި އެއްވެސް މައްސަލައެއް ނެތްނަމަ އަށާރަ މަހުގައި ގިނަ ކުޑަކުދިން ކުދިން ކުދިން ކަންކަން ކުރަން އެހީވާން މަސައްކަތް ކުރާނެއެވެ. މިސާލަކަށް ކުޅެން ގެންގުޅޭ ޕަޒަލް ނުވަތަ ނުވަތަ އެހެން އެއްޗެއް ބިންމައްޗަށް ވެއްޓިފައި އޮންނައިރު ބިންމަތި ކިހާ ހަޑިހޭ ސުވާލު ކުރެވިދާނެއެވެ. އަދި އެއެއްޗެއް އޮންނަވާ ތަނަށް ގެންގޮސްލާދޭށޭ ބުނެވިދާނެއެވެ. 

ބައެއް ކުޑަކުދިންގެ ޓީޗަރުންގެ ވެސް ލަފައަކީ އެގޮތަށް ކުދިންލައްވާ ކުރުވުމެވެ. އެގޮތުން ކުޑަކުދިންގެ ޓީޗަރަކު ބުނާގޮތުގައި އޭނާ މި އުމުރުގެ ކުދިންލައްވާ ދޮންކެޔޮ ނޮޅަން ދަސްކޮށްދީ އެ ތޮށީގަނަޑު ޑަސްބިނަށް އަޅަން ދަސްކޮދެއެވެ. މިކަން ކުރަނީ ކުދިންނަށް މަޖުބޫރުކުރުމެއް ނެތިއެވެ. އެހެން ކަމުން ކުދިންނަށް މިއީ ވަރަށް އުނގެނުމުގެ ތެރެއިން ގޭތެރޭގެ ކަންކަންވެސް ކުރަން ދަސްވާކަމެކެވެ. 

އަށާރަ މަހާ ތިން އަހަރު 

މިއީ ކުޑަކުދިން ގޭތެރޭގައި މީހުން ކުރާ ކަންކަން ދަސްކުރާ އުމުރުފުރައެވެ. މި އުމުރުފުރައިގައި ގޭތެރޭ ސާފުކޮށް ބަދިގޭގެ ކަންކަންވެސް ކުއްޖާއަށް ދަސްކޮށްދޭން ފެށިދާނެއެވެ. އެގޮތުން ކުއްޖާއަށް ކުޅޭ ބަދިގެ ސެޓެއް ގަނެދީ ތެލި އަދި ތައްޓާއި އެކު ކުޅެވިދާނެއެވެ. އަދި ކުޑަކުދިން ގެނގުޅޭ ސައިޒްގެ ފިހިގަނޑާއި ޑާސްޓް ޕޭންވެސް ހޯދައިދެވިދާނެއެވެ. މިއީ ވެސް ސާފުކުރަން ދަސްވުމަށް އެހީތެރިވެދޭ ކަމެކެވެ. އަދ މިއުމުރުފުރައަކީ ކުދިންނަށް އަމިއްލައަށް ހެދުން އަޅާ ރީތިކުރަންވެސް ދަސްކޮދޭން ފަށަން ރަނގަޅު އުމުރެކެވެ. 

ގޭތެރޭގައި ސާފުކުރުމާއ ، ގަހަށް ފެންދިނުމާއި ، އެނދު ތަންމަތި އެޅުން ފަދަ ކަންކަނަކީވެސް ކުއްޖާއަށް ގޭތެރޭގައި ބެލެނިވެރިން ކުރާތަން ފެނުމުން ނުވަތަ ކުއްޖާ ބައިވެރިކޮށްގެނ ކުރުމުން ކުއްޖާއަށް މަޖާ ކަމަށްވެ އެކަން ކުރަން އާދަވާނެއެވެ. 

ހަތަރު އަހަރާއި ފަސް އަހަރު

މި އުމުރުފުރާގައި ކުއްޖާއަށް ގޭތެރޭގެ ބައެއް ކަންކަން ކުރަން ދޭށެވެ. އެގޮތުން މަޝިނުގައި ހުންނަ އެއްޗިހި ނެގުމަށް އެހީތެރިވެވިދާނެއެވެ. އަދި އެއްޗެހި ފަށްޖަހަންވެސް އެހީވެވޭނެއެވެ. ފާހާނާވެސް ތަށި ސާފުކުރަން ދަސްކޮށްދެވޭނެއެވެ. އަދި ބޮލުގައި ފުނާ އެޅުމާއި އިންޓަވަލް ފެންފުޅި ރެޑީކުރުމަށް ވެސް އެހީތެރިވެވޭނެއެވެ. މިކަންކަން ކުދިން ބައިވެރިކޮށްގެން ކުރުމުން މަޖާވާނެއެވެ. އަދި މަޖުބޫރުވެގެން ކުރާކަހަލަ އިހްސާސް ނުވާނެއެވެ. 

ހަ އަހަރާއި ބާރަ އަހަރު 

މި އުމުރުފުރާގައި އަމިއްލަ އަށް ކާން ތައްޔާރުކުރަން އެހީވެވޭވެއެވެ. އަދި ގެއަށް ބޭނުންވާ ތަކެތި އަލަމާރިއަށް ނުވަތަ އެ ހުންނަންވާ ތަނެއްގައި ބަހައްޓާން އެނގޭނެއެވެ. އަމިއްލަ ކޮޓަރިވެސް ސާފުކުރުވަން ވާނެއެވެ. 

7 އަހަރާއި 8 އަހަރުގައި އަމިއްލައަށް ދާވަށިގަނޑަށް އެއްޗިސް އަޅާ ދޮންނަންޖެހޭ އެއޗިސް އަދި އެއްޗިސް ހިއްކަން އަޅުވާށެވެ. މިއީ މި އުމުރުން ފެށިގެން ކުރަންޖެހޭ ކަމެކޭ ނުބުންޏަސް ކުއްޖާއަށް މިއީ އަމިއްލައަށް ކުރަންޖެހޭ ކަންކަން ކަން ދަސްކޮށްދޭށެވެ. 

އުމުރުން 10 އަހަރުގައި ކައްކަންވެސް ދަސްކޮށްދޭށެވެ. އެކަމަށް ކުއްޖާ ޝައުގުވެރި ކުރުވަން ކޮންމެވެސް އެއްދުވަހަކު ކާއެއްޗެއް ކުއްޖާ ލައްވާ ތައްޔަރުކުރުވާށެވެ. 

ތޭރަ އަހަރާއި އަށާރަ އަހަރު

މި އުމުރުގައި ކުއްޖާއަށް ބޮޑެތި މީހުން ކުރާކަންކަން އަމިއްލަ އަށް ކުރެވެން ވާނެއެވެ. ކެއްކުމާއި ގޭތެރެ ސާފުކުރުމާއި ، ގޭތެރޭގެ އެހެން ކަންތައްތަކެވެ. މި އުމުރުގައި މައިންބަފައިގެން އެހީތެރިކަމާއި ނުލާ ގޭތެރޭގެ ކަންކަން ކުރުވާށެވެ. 

މިސާލަކަށް ދިރިއުޅޭ ކޮޓަރި ސާފުކުރުން، އަމިއްލައަށް ކާން ބޭނުންވާ އެއްޗެއް ހަދާލުން އެއްޗިހި ދޮވުން، އިސްތިރިކުރުން  ފަދަ ކަންކަމުގެ ޒިންމާތައް ކުދިންނަށް ދޫކޮށްލާށެވެ. އެހެން ނޫނީ ފަހުން އަމިއްލައަށް މި ޒިންމާ ނުނަގާނެއެވެ. 

ރިއެކްޝަންސް
1
3
1
1
1
0
1