Medtech ge faraathun IGMH gai ithuru PCR machineh bahataifi

2 ސެޕްޓެމްބަރ 2020 - 15:26

ރާއްޖެ އަށް މެޑިކަލް އިކުއިޕްމެންޓް އެތެރެކުރުމުގައި އެންމެ ފުޅާދާއިރާގައި މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާ މެޑްޓެކް ކުންފުނިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އައު ޕީސީއާރު މެޝިނެއް ބަހައްޓައިފިއެވެ.

މެޑްޓެކްގެ ފަރާތުން އައިޖީއެމްއެޗްގައި އަލަށް ބަހަޓާއްޓާފައި ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ފަދަ ސިއްހަތާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ މިންގަނޑުތަކަށް ފެތޭ ކުއަންޓްސްޓޫޑިއޯ5ގެ މެޝިނެކެވެ. މިއީ ފަހުގެ ޒަމާނީ ފީޗާސްތައް ހިމެނޭ އަދި ބޭނުންކުރަން ފަސޭހަ ސިސްޓަމެކެވެ.

advertisement

މެޑިކަލް އިކުއިޕްމެންޓް އުފެއްދުމުގައި ކުރިއަރާފައިވާ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ތާމޯފިޝާ ސައިންޓިފިކްގެ މި އުފެއްދުމަކީ މިހާރު ދުނިޔޭގެ ހަލުވިކަމާ އެކު ފެތުރެމުން ދާ ނުރައްކާތެރި ކޮވިޑް 19 އަށް ސާމްޕަލް ޓެސްޓްކުރެވޭ މެޝިނެކެވެ. މިއީ މެޑްޓެކްގެ ފަރާތުން އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބެހެއްޓި މިފަދަ ހަތަރު ވަނަ މެޝިނެވެ. މި މެޝިނުގެ ސަބަބުން އައިޖީއެމްއެޗްގައި ކޮވިޑް 19 އަށް ޓެސްޓްކުރުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެއެވެ. ރާއްޖޭގައި ކޮވިޑް 19ގެ ބަލިމަޑުކަން ފެތުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ގޮސްފައިވާއިރު ޕީސީއާރު މެޝިން ހޯދުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރައަށް ވެއްޓި ދަތުރު ފަތުރުތަކަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ކޮވިޑް 19 އަށް ޓެސްޓްކުރެވޭ މެޝިންގެ ޑިމާންޑް ބޮޑުވެފައިވާއިރު ރާއްޖެ އަށް ވެސް މިފަދަ މެޝިން ހޯދުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ކޮވިޑް 19 އަށް ޓެސްޓްކުރެވޭ ގާބިލްކަން އިތުރުކުރުމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން 50 ވެންޓިލޭޓަރ ހޯދުމަށް މެޑްޓެކްއާ ހަވާލުކޮށްފައިވެއެވެ. އެ ކުންފުނިން މިހާރު ވަނީ ކޮންޓްރެކްޓްގެ ދަށުން ގެންނަންޖެހޭ 50 ވެންޓިލޭޓަރ ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0