Coviduge natheeja 15 minetun nerey testu kit varah avahah raajje geneveyne: Medtech

2 ސެޕްޓެމްބަރ 2020 - 15:31

ކޮވިޑް 19އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމަ ކާމިޔާބުކުރުމަށް އާލާތްތައް އުފެއްދުމގައި އެންމެ ކުރީ ސަފުގައި  މަސައްކަތް ކުރަމުން އަންނަ އެއް ކުންފުނި ކަމަށްވާ އެމެރިކާގެ އެބޮޓް ލެބޮރަޓަރީސް އިން އުފެއްދި ކޮވިޑް ޓެސްޓް ކިޓަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ދީފިއެވެ.

އެންމެ 15 މިނިޓުން ނަޖީތާ ނެރޭ އެންޓިޖެން ޕޯޓަބަލް މި ކިޓް ދާދި އަވަހަށް ރާއްޖޭގެ މާކެޓަށް ވެސް އައުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ. އެބޮޓް ބްރޭންޑްގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ރާއްޖެ އަށް މެޑިކަލް އިކުއިޕްމެންޓް އެތެރެކުރުމުގައި އެންމެ ފުޅާދާއިރާގައި މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާ މެޑްޓެކް އެވެ.

advertisement

މެޑްޓެކް ކުންފުނިން ބުނީ ވަރަށް އަވަހަށް މި ކިޓް ރާއްޖޭގެ މާކެޓަށް ތައާރަފްކުރާނެ ކަމަށެވެ. މިއީ ބޭނުންކުރަން ފަސޭހަ އަދި އަގު ހެޔޮ ކިޓެކެވެ.

ގާތްގަތަނޑަަށް ކްރެޑިޓް ކާޑެއްވަރުވާ ބައިނެކްސްނައޮ ކޮވިޑް 19 އެޖް ކާޑަކީ އިތުރު އެއްވެސް މެޝިނެއް ބޭނުން ނުކޮށް 15 މިނިޓް ތެރޭގައި ކޮވިޓްގެ ނަތީޖާ ނެރުމުގެ ގާބިލްކަން ލިބިފައިވާ އާލާތެކެވެ. އަދި ލެބްތަކުގައި ޓެސްޓް ހެދުމަށް ނޭފަތާއި ކަރުބުޑުން ނަގާ ސާމްޕަލް އަށް ކުޑަ ސާމްޕަލްއެއް ބޭނުންކޮށްގެން ޓެސްޓްކުރެވެއެވެ.

އެބޮޓް  ކުންފުނީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މި މަހުގެ ތެރޭގައި މި ވައްތަރުގެ އެތައް މިލިއަން ޓެސްޓް ކިޓްތައް މާކެޓަށް ނެރޭނެއެވެ. އޮކްޓޫބަރު މަހު ފެށޭ އިރު މި އަދަދު 50 މިލިއަނަށް  އަރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެއްވުންތަކާއި ގިނަ ބަޔަކު ޖަމާވެގެން ހިންގާ ހަރަކާތްތަކުގައި މި ޓެސްޓް ކިޓް މުހިންމު އެއްޗަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ކޮވިޑް އިންތިހާ އަށް ފެތުރިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި މި ކިޓްގެ މުހިންމުކަން ބޮޑުވެގެންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ލަފާކޮށްފައި ވެއެވެ. މީގެ އިތުރުން ކޮވިޑްގެ ބިރަށް ބަންދުކޮށްފައިވާ ބޮޑެތި ކުންފުނިތަކާއި ސްކޫލްތައް އަލުން ހުޅުވާ އިރު މި ކިޓް ބޭނުންކޮށްގެން އަވަހަށް ފަސޭހަކަމާ އެކު ކޮވިޑް 19 އަށް ޓެސްޓްކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އެބޮޓް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޓެސްޓްކިޓްގެ ތަޖުރިބާގެ ތެރޭގައި ސެންސިޓިވިޓީ ހުރީ 97.1 ޕަސެންޓްގައެވެ. އަދި ކްލިނިކަލް ސްޓަޑީގައި ސްޕެސިފިސިޓީ ހުރީ 98.5 ޕަސެންޓްގައެވެ.

މި އާލާތް ބޭނުންކުރުން އިތުރަށް ފަސޭހަކުރުމުގެ ގޮތުން އެބޮޓް އިން ވަނީ މޮބައިލް އެޕެއް ވެސް ތައާރަފްކޮށްފައެވެ. ޓެސްޓްކުރުމުން މި އެޕް މެދުވެރިކޮށް މައުލޫމާތުތައް ފެންނަން ހުންނަ އިރު މީހުން ޖަމާވާ ތަންތަނަށާއި މޯލް ފަދަ ތަންތަނަށް ވަނުމަށް މި އެޕް މެދުވެރިކޮށް ނަތީޖާ ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ. އެބޮޓްގެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމަށްވާ މެޑްޓެކް ކުންފުނިން އަންނަނީ މި އުފެއްދުން ވެސް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން މިހާރު ވެސް ވަނީ ކޮވިޑްއާ ގުޅިގެން ގިނަ އާލާތްތަކެއް ރާއްޖެ އަށް އެތެރެކޮށްފައެވެ. އޭގެ ތެރޭގައި ޕީސީއާރު މެޝިނާއި އެ ނޫން ވެސް މެޑިކަލް އިކުއިޕްމެންޓް ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0