COVID-19 ge natheega kuda vaguthukolhehgai libey AG CARD pre-order kurumuge furusathu Medtech in hulhuvalaifi

15 ސެޕްޓެމްބަރ 2020 - 15:33

15 މިނެޓުގެ ތެރޭގައި ކޯވިޑް19 ގެ ނަތީޖާލިބޭ ‘ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑު’ ޕްރީއޯޑަރ ކުރުމުގެ ފުރުސަތު މެޑްޓެކުން ހުޅުވާލައިފިއެވެ.

ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑަކީ އެމެރިކާގެ އެބޮޓް ކުންފުނިން ތައާރަފްކޮށްފައިވާ އުފެއްދުމެކެވެ. މިކާޑު ރާއްޖެއަށް ގެނައުމަށް މެޑްޓެކުން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ޕްރީއޯޑަރ ކުރުމުގެ ފުރުސަތުވެސް މިހާރު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

advertisement

މި ކާޑު އުފެއްދި އެމެރިކާގެ ކުންފުނިން ބުނީ މި ކާޑު މެދުވެރިކޮށް ކޯވިޑަށް ޓެސްޓްކުރި މީހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ޓެސްޓުގެ ސެންސިޓިވިޓީ އުޅެނީ 97.1 ޕަސެންޓުގައިކަމަށެވެ. އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓުކަމަށެވެ

‘ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑު ހުންނަނީ ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒެއްގައެވެ. މި ކާޑުން ކޯވިޑަށް ޓެސްޓުކޮށްގެން 15 މިނެޓުގެ ތެރޭގައި ކޮވިޑް19 ޖެހިފައިވާކަން ނުވަތަ ނޫން ކަން އަންގައިދޭނެއެވެ.

އޭޖީކާޑާއެކު އެބޮޓް ކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. “ނަވިކާ” ނަމަކަށްކިޔާ މި އެޕްލިކޭޝަން މެދުވެރިކޮށް އެންމެ ފަހުން ޓެސްޓު ހެދި ތާރީހާއި ޓެސްޓުގެ ނަތީޖާ ނެގެޓިވްކަން ވެސް ދައްކައިދެ އެވެ.

އަންނަ މަހުން ފެށިގެން ކޮންމެ މަހަކު މީގެ 50 މިލިއަން ޓެސްޓް ހެދުމަށް އެބޮޓް ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައިވެސް މިހާރު މި ޓެސްޓު އަންނަނީ ބޭނުންކުރަމުންނެވެ. 

ހޮސްޕިޓަލްތަކަށް ގޮސްގެން ކޯވިޑް19 އަށް ޓެސްޓުކުރަން ބޭނުންނުވާ ފަރާތްތަކަށް މިއީ ރަނގަޅު އުފެއްދުމަކަށް ވާނެއެވެ. މިއީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާލިބޭ އުފެއްދުމަށްކަށް ވުމުގެ ސަބަބުން ނަތީޖާއަށް އިންތިޒާރުކުރަންޖެހޭ ވަގުތުވެސް ކުޑަވެގެންދާނެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0