ބްރިޓިޝް އެއަރވޭސްއިން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް މިމަހު އަލުން ފަށަނީ

3 އޮކްޓޯބަރ 2020 - 12:06

ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް މިމަހުގެ 16 ވަނަ ދުވަހު އަލުން ފަށާނެކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށެވެ.

advertisement

ބްރިޓިޝް އެއަރވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށާއިރު ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނެއެވެ. ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ ހަފްތާގެ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ބްރިޓިޝް އެއާވޭސް އިން އިނގިރޭސިވިލާތުން ރާއްޖެ އަށް ސީދާ ދަތުރުތަށް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ބްރިޓިޝް އެއާވޭސް އިން ފަށާ މި ދަތުރުތަކާ ބެހޭ ގޮތުން، އެއާލައިންގެ ޑިރެކްޓަރު ނެޓްވޯކް އެންޑް އެލަޔަންސް ނިލް ޗާނޮފް ވިދާޅުވި ގޮތުގައި އަލުން ރާއްޖެ އަށް މި މަހުގެ ދަތުރު ފެށުމަކީ އުފަލެއް ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން އިނގިރޭސިވިލާތާއި ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމަހުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން މަންޒިލްތަކަށްވެސް ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ފެށުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0